ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، 65 (ފަސްދޮޅަސް ފަހެއް) ލެޕްޓޮޕް، 25 (ފަންސަވީސް) ކޮމްޕިއުޓަރ އަދި 15 (ފަނަރަ) މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި | 15 އޮކްޓޫބަރު 2024 | އަންގާރަ | 11:00 | 
| އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި | 20 އޮކްޓޫބަރު 2024 | އާދީއްތަ | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 23 އޮކްޓޫބަރު 2024 | ބުދަ | 11:00 | 
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.
 
                    