ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި އޭޖެންސީގެ ދަށުން ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސްގެ ސެކިއުރިޓީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/44)ފ(10 ޖޫން 2015) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތީ ދެފަރާތުންކަމަށްވާތީ، މި އެޖެންސީގެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
22 ޖޫން 2015 |
ހޯމަ |
13:30 (މެންދުރުފަހު) |
އަންދާސީހިސާބު ހުށަހެޅުއްވުން |
25 ޖޫން 2015 |
ބުރާސްފަތި |
13:30 (މެންދުރުފަހު) |
29 ޝަޢުބާން 1436