ދިވެހިރާއްޖެ
ޑަމްޕް ލޮރީ (Dump Lorry) އެއް ހޯދުން
މިއިދާރާއަށް ޑަމްޕް ލޮރީއެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ޑަމްޕް ލޮރީ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 01 ޖުލައި 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖުލައި 2015 ވާ ބުދަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-
- އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް
 - ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
 - ކްލަބު ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް
 
ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު
| 
 މާކްސް ދެވޭ ކްރައިޓީރިއާ  | 
 މާކްސް ދެވޭގޮތް  | 
 ތަފުސީލު  | 
 ފޯމިއުލާ  | 
| 
 އަގު  | 
 75%  | 
 ދިވެހިރުފިޔާއިން ހުށަހެޅޭ އެންމެ ކުޑައަގު  | 
 (ބެންޗްމާކް އަގު/ހުށަހެޅުނު އަގު) x ކަނޑައެޅިފައިވާ %  | 
| 
 ސަޕްލައިކޮށްދޭ މުއްދަތު  | 
 20%  | 
 މުއްދަތު ޖަހަންވާނީ ދުވަހުން، ހުށަހެޅޭ އެންމެ ކުރު މުއްދަތު  | 
 (ބެންޗްމާކް ކުރުމުއްދަތު/ ހުށަހެޅުނު މުއްދަތު) x ކަނޑައެޅިފައިވާ %  | 
| 
 މަސައްކަތުގެ ތަޖުރިބާ  | 
 5%  | 
 ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ ހުށަހަޅާފައިވާ ލިޔުމަށް  | 
 (ބެންޗްމާކް ތަޖުރިބާ/ ހުށަހެޅުނު ތަޖުރިބާ) x ކަނޑައެޅިފައިވާ %  | 
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެދުވަހުގެ މެންދުރު ފަހުގެ 13:35 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 ޝަޢުބާން 1436
