| 
 މަޤާމް : 
 | 
 އެކައުންޓެންޓް  
 | 
 ބޭނުންވާ އަދަދު: 
 | 
 1 ( އެކެއް ) 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
- މުސާރަ: މަހަކު -/9500 ރުފިޔާ ( ނުވަހާސް ފައްސަތޭކަ ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -/4000 ރުފިޔާ (ހަތަރު ހާސް ރުފިޔާ)
 
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 
  | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
 | 
 ޔުނިޓް : 
 | 
 ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
- ACCA އޭސީސީއޭ ސްކިލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ
 
- ފައިނޭންސް އެންޑް އެކައުންޓްސްގެ ދާއިރާއިން އޮނިގަނޑު ލެވެލް 7ގެ ފާހެއް އޮތުމާއި 2 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުން
 
 
 | 
| 
 މަޤާމުގެ މަސްޢޫލިއްޔަތު 
 | 
- ފައިނޭންސް އެންޑް އެކައުންޓްސްގެ މަސައްކަތްތައް ކުރުން
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
 
- ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
- އެކައުންޓިން ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީން
 
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
 
- ތަރުތީބުން މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއެކު، ލިޔެކިއުންތައް މެނޭޖް ކުރުމުގެ ޤާބިލްކަން ހުރުން
 
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
 
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
 
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
 
- ތެދުވެރިކަމާ އިޚްލާސްތެރިކަމުގެ ސިފަ ހުރުން
 
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
 
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
 
 
 | 
| 
 ރަސްމީ މަސައްކަތު ގަޑި: 
 | 
- ހެނދުނު 08:00 އިން 15:00 އަށް  
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 
 | 
- ވަޒީފާއަށްއެދޭ ފޯމް
 
- ވަނަވަރު (ސީވީ)
 
- އައިޑީ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
 
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  
 
 
** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
 
 
 | 
| 
 ސުންގަޑި: 
 | 
 މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2024  ސެޕްޓެންބަރ 24 ވާ އަންގާރަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 
  
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2024 ސެޕްޓެންބަރ 24 ވާ އަންގާރަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 
 | 
| 
 ވަޒީފާއަށް އެދޭނެ ގޮތް: 
 | 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
 
 
 |