މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އެސިސްޓެންޓް

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ޕްރޮގްރާމް އެސިސްޓެންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ޕްރޮގްރާމް އެސިސްޓަންޓެއް ހޯދުމަށް ކުރެވުނު IUL)438/438/2015/101) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޕްރޮގްރާމް އެސިސްޓެންޓްގެ މަސައްކަތަކީ މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ އެޑްމިނިސްޓްރޭޓިވް އަދި ސެކްރެޓޭރިއަޓް މަސައްކަތްތައް ވޯރްލްޑު ބޭންކުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

  • ބިޒްނަސް/ މެނޭޖްމަންޓު/ ކޮމަރސް/ ފިނޭންސް/ ލޯ/ ޕްރޮކިއޮމަންޓް ނުވަތަ ގުޅުންހުރި ދާއިރާއަކުން ޓާޝަރީ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން

ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ދާއިރާގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތިމާވެށީގެ ރޮނގުން ފާހަގަކުރެވޭ ކަންތައްތަކުގެ މަޢުލޫމާތު އެނގިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫއުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛
  • ވޯރލްޑް ބޭންކުގެ ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛
  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުސޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ -/10,000 ރުފިޔާ އާއި -/15,000 ރުފިޔާ އާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ސައްވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 25 ވަނަދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 2015 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

10 ޖޫން 2015
ހޯދާ