މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2، ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ޕްރޮކިއުމަންޓް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެކައުންޓްސްގެ  މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެކައުންޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަމަކުރަންޖެހޭ ހުރިހާ  ލިޔުމެއް ހަމަކުރުމަށްފަހު ޔުނިޓްގެ ހެޑްގެ ސޮއި ހޯދައި ޔުނިޓަށް ލިބޭތާ 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ބިލްތައް ފައިނޭންސް ޔުނިޓަށް ހަވާލު ކުރުވުން. ( މިގޮތަށް ޙަވާލުކުރެވޭ ބިލްތައް ފައިނޭންސް ޔުނިޓަށް ލިބުނުކަމުގެ ސޮއި ކުރުވުމަށްފަހު އެލިޔުންތައް ބަރާބަރަށް ފައިލްކޮށް ބެލެހެއްޓުން. )
  • އޮފީހަށް ހޯދާ އެސެޓްތައް އިންވެންޓްރީއަށް ނަގައި ނަންބަރުދީ ނީލަމަށް ފޮނުވޭ ނުވަތަ ނައްތާލާ ތަކެތި އިންވެންޓްރީން އުނިކުރުމާއި، އެސެޓްތަކުގެ ސްޓޭޓަސް ސްޕަވައިޒްކޮށް ބެލެހެއްޓުން އަދި އެސެޓް މެނޭޖްމަންޓާބެހޭ ކަންތައް ހިންގާ ބެލެހެއްޓުން.
  • އެކިއެކި ފަރާތްތަކުން ހޯދަން އެދޭ އެސެޓްތައް ހަމަޖެހިފައިވާ އުޞޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް
  • މިނިސްޓްރީގައި ހުންނަ ފަރނީޗަރ އާއި އިކްއިޕްމަންޓްސްގެ ހާލަތު ބަލައި ރިޕޯޓު ކުރުމަށް އެޑްމިން ޔުނިޓަށް އަންގައި،  އެވަގުތަކަށް ގެންނަން ޖެހޭ ބަދަލެއް، ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށް ގެނައުމާއި މިފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  •  އޮފީހުން ނީލަމަށް ފޮނުވަން ޙަވާލުކުރާ ތަކެތި ބަލައިގަނެ ލިސްޓް ހަދައި، މިފަދަ ތަކެތި ނީލަމަށް ފޮނުވުމުގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން
  • ޕްރޮކިއުމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅިގެން ރާއްޖެތެރެ އަށާއި ރާއްޖެއިން ބޭރަށް ޕޯސްޓް ކުރަންޖެހޭ ތަކެއްޗާއި ލިޔުން ފަދަ ތަކެތި ޕޯސްޓް ކުރުމާއި ލިޔަންޖެހޭ ސިޓީ ނޯޓް ފަދަ ތަކެތި ލިޔެ ފޮނުވުން.
  • މުވައްޒަފު ކުރާ މަސައްކަތްތަކާ ބެހޭގޮތުން ސެކްޝަން ނުވަތަ ޔުނިޓުގެ ވެރިޔާއަށް ދުވަހުން ދުވަހަށް މަޢުލޫމާތު ދެވޭގޮތަށް ރެކޯޑްސް ބެލެހެއްޓުން.
  • ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  • ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރުބެލުމާބެހޭ އެންމެހާ ކަންކަން ކުރުން.
  • މި ނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • ސަރުކާރުގެ ޕްރޮޖެކްޓް ތަކުގައި ފައިސާ އާ ބެހޭ މަސައްކަތް ކޮށްފައިވާ މިންވަރު.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 23 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 30 ޖޫން  2015 އާއި 15 ސެޕްޓެމްބަރ 2015 އާއި ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

24 ޝަޢުބާން 1436

11 ޖޫން 2015
ހޯދާ