ދިވެހިރާއްޖެ
މި އިޢުލާންވަނީ 12 ސެޕްޓެންބަރު 2024 11:40 ގައި ބާތިލް ކުރެވިފައެވެ.
| 
 އިޢުލާނު މި ޑިޕާޓްމަންޓުގެ ނަންބަރ: IUL-120-C//1/2024//44 ,(22 އޯގަސްޓް 2024) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެގްޒަމިނަރުން ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. މި ޑިޕާޓްމަންޓުން ބާއްވާ ކޭމްބްރިޖް އިންގްލިޝް އިމްތިހާނަށް، ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އަދި ސެޓްފިކްޓް އޮފް ޕްރޮފިޝެންސީ އިން އިންގްލިޝް (ސީ.ޕީ.އީ) ސްޕީކިންގ އިމްތިހާނަށް އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކަމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހެޅުމަށް އާއްމުކޮށް އިޢުލާނު ކުރީމެވެ.  | 
|||||||||||
| 
 ބޭނުންވާ އަދަދު:  | 
 08 (އަށެއް)  | 
||||||||||
| 
 މަސައްކަތް ކުރިއަށް ދާނެ ދުވަސްވަރު  | 
 ނޮވެންބަރު އަދި ޑިސެންބަރު (މި މަސައްކަތަށް ބޭނުންވާ ތަމްރީނުތައް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ތަމްރީނާއި ގުޅޭ އިތުރު މަޢުލޫމާތު މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.)  | 
||||||||||
| 
 އުޖޫރަ  | 
 އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 02 އަހަރު ނުވާނަމަ، މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 200.00ރ. (ދުއިސައްތަ ރުފިޔާ)  | 
||||||||||
| 
 ޝަރުޠު:  | 
 ހ. އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ވޭތުވެދިޔަ 2 އަހަރު ސެކަންޑަރީ/ ހަޔަރ ސެކަންޑަރީ/ ކޮލެޖް ޔުނިވަރސިޓީ އަށް އިނގިރޭސި ބަސް ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ށ. އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9، ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ވޭތުވެދިޔަ 2 އަހަރު ސެކަންޑަރީ/ ހަޔަރ ސެކަންޑަރީ/ ކޮލެޖް ޔުނިވަރސިޓީ އަށް އިނގިރޭސި ބަސް ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ނ. އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10، ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ވޭތުވެދިޔަ 2 އަހަރު ސެކަންޑަރީ/ ހަޔަރ ސެކަންޑަރީ/ ކޮލެޖް ޔުނިވަރސިޓީ އަށް އިނގިރޭސި ބަސް ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވުން. ރ. ކޭމްބްރިޖް އިންގްލިޝްގެ އެގްޒޭމިނަރުން ފުރިހަމަކުރަން ޖެހޭ ތަމްރީން ފުރިހަމަ ކުރުން.  | 
||||||||||
| 
 މަސްއޫލިއްޔަތުތައް:  | 
  | 
||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ. އަސްރަފީވިލާ (މަޖިދީމަގު) 2 ވަނަ ފަންގިލާއަށެވެ. ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލް ކުރުން އެދެމެވެ. ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.  | 
||||||||||
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 12 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
||||||||||
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2024 ސެޕްޓެމްބްރ 22 އާއި 2024 ސެޕްޓެމްބަރ 30 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ހ. އަސްރަފީވިލާ (މަޖިދީމަގު) 2 ވަނަ ފަންގިލާގައެވެ.  | 
||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7957373 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  | 
|||||||||||
