ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ކިޔޫ.އެމް.އެސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތު މަގާމަށް މުވައްޒަފުން ބޭނުންވެއެވެ.
| މަގާމު | މަސައްކަތު | 
| ބޭނުންވާ ޢަދަދު | 01 (އެކެއް) | 
| މުސާރަ | މަހަކު 4,865.00 ރުފިޔާ | 
| ސަރވިސް އެލަވަންސް | މަހަކު 1,000.00 ރުފިޔާ | 
| ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން | މާލެ،/ އެމް.އެން.ޑީ.އެފް ކްއޯޓަރ މާސްޓަރ ސަރވިސް | 
| އިތުރު ޢިނާޔަތްތައް | މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| ފެންވަރު ނުވަތަ ޝަރުޠު | އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން. | 
| ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު | އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، އެމް.އެން.ޑީ.އެފްގެ ފިރިހެން ސިފައިން ދިރިއުޅޭ ފެންޑާއާއި ފާޚާނާތައް ސާފުކުރުމުގެ އިތުރުން ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން. | 
| އިތުރު މަޢުލޫމާތު | ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 ސެޕްޓެންބަރު 09 ހޯމަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. | 
24 ޞަފަރު 1446
 
                    