މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް : ލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް، މާލެ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6295

-/2500

މަޤާމުގެ މަސްއޫލިއްޔަތު:

 • ޓައިމްޓެބަލާ އެގޮތްވާގޮތުގެމަތިން، ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔަރުކުރުން.
 • ލައިބްރަރީ ގަޑީގައި، ޓީޗަރުންގެ ލަފާގެމަތިން ދަރިވަރުންނަށް ދޭންޖެހޭ މަޢުލޫމާތައި އެހީތެރިކަން ފޯރުކޮށްދިނުން.
 • ލައިބްރަރީ ގަޑި ނިމުމުން، ދަރިވަރުން ބޭނުންކުރި ފޮތްތައް ތަރުތީބުކޮށް، ފޮތް ހަރުތަކުގައި އެތުރުން.
 • ލައިބްރަރީގެ ޤަވާޢިދުތަކާއި އޫސޫލުތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ، ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
 • ލައިބްރަރީން ޤަވާޢިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމެއް ހަމަޖައްސާއިދިނުން.
 • ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމުގެ ޕްރޮގްރާމްތައް ހިންގުން.
 • ލައިބްރަރީއަށް އަލަށް ގެންނަ ފޮތްތަކުގެ މަޢުލޫމާތު، ވީ އެންމެ އަވަސް މުއްދަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން.
 • ލައިބްރަރީގެ ޤަވާޢިދުތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން.
 • ލައިބްރަރީގެ ފޮތް ސްޓޮކް ތަފްޞީލްކޮށް ބެލެހެއްޓުން.
 • ލައިބްރަރީގެ ފޮތްތަކާއި އެހެނިހެން ތަކެތީ ރައްކާތެރިކޮށް ބެލެހެއްޓުން.
 • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތަކުގެ ތަފްޞީލް ބެލެހެއްޓުން.
 • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ދައްކާކަން ކަށަވަރުކުރުން.
 • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވައްޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ނުދައްކާނަމަ، އަޅަންޖެހޭ ފިޔަވަޅުއެޅުން.
 • ލައިބްރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފްޞީލް، ހަވަލުވެ ހުންނަ ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.
 • ލައިބްރަރީއަށް އާފޮތް ހޯދުމަށްޓަކާއި ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ސްޕަވައިޒަރަށް ޤަވާޢިދުން ދެމުން ގެންދިއުން.
 • ލައިބްރަރީގެ ޤަވާޢިދުތައް ޓީޗަރުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުން.
 • ލައިބްރަރީގެ ޤަވާޢިދުތަކާއި އޫސޫލުތައް ޓީޗަރުންނަށް އޮޅުންފިލުވައިދީ، ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
 •  އެކުގައި މަސައްކަތްކުރާ ލައިބްރަރީ މުވައްޒަފުންގެ އެހީތެރިކަމާއެކު، ލައިބްރަރީގެ އަހަރީ ރިޕޯޓް، އަހަރު ނިމުމުން، ހަވާލުވެ ހުންނަވާ ސްޕަވައިޒަރަށް ހުށަހެޅުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބި ލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 11 ޖޫން 2015 އާއި 16 ޖޫން 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
 • ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
 • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

އިތުރުގަޑީގެ ފައިސާ:     

މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތުު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެވެ.

7 ޝަޢުބާން 1436

25 މޭ 2015
ހޯދާ