މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޝެއިޙް އިބްރާހީމް ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަސޭހަކަމާއިއެކު ބެލެނިވެރިންނަށް ގަންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާދޭނެ ފަރާތެއް ހޯދުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ޝެއިޙް އިބްރާހީމް ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަސޭހަކަމާއިއެކު ބެލެނިވެރިންނަށް ގަންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ.
 - މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން 29 އޮގަސްޓް 2024 ގެ 10:00 އަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކޮށް ޕްރިބިޑް މީޓިންގއަށް ހާޒިރުވި ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
 - މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 އޮގަސްޓް 2024 ގެ 12:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
 - މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ 29 އޮގަސްޓް 2024 ގެ 11:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޮފީހުގައެވެ.
 - ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 05 ސެޕްޓެމްބަރ 2024 ވާ ދުވަހުގެ ހެދުނު 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޮފީހުގައެވެ. (މިސްކޫލްގެ އޮފީސް ވަނީ މަލްޓިޕާޕޯސް ހޯލްގެ ހުޅަނގު އުތުރުގައި އިން ކުލާހަށް ބަދަލުކުރެވިފަ)
 - މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ޝެއިޚު އިބްރާހީމް ސްކޫލް
މިސްކިތްމަގު ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
             22 އޮގަސްޓް 2024
            
        
                    ހޯދާ  
                
                