މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒޯން ލައިސަންސް އުވާލުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ.

ޒޯން ލައިސަންސް މިހާރު ނަގާފައިވާ ފަރާތްތަކުން 25 އޮގަސްޓް 2024 ގެ ކުރިން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އެންގެވިނަމަވެސް، މިނިންމެވުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން، މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޑިޖިޓަލް ލައިސަންސަށް ބަދަލުކުރުމަށް ދީފައިވާ މުއްދަތު 31 އޮގަސްޓް 2025 ގެ ނިޔަލަށް އިތުރުކޮށްދެއްވައި، ޒޯން ލައިސަންސް މިހާރު ނަގާފައިވާ ފަރާތްތަކަށް، އެ ޒޯނެއްގައި 31 އޮގަސްޓް 2025 ގެ ނިޔަލަށް އުޅަނދުތައް ދުއްވޭނެކަމުގައި ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ. އަދި މިއިދާރާއިން A1, A0  ކެޓަގަރީއިން ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ވާހަކަ ދެންނެވީމެވެ.

 ވީމާ، A1, A0 ކެޓަގަރީގެ ލައިސަންސް ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ފުރިހަމަ ނަމާއި އެޑްރެސް، އައި.ޑީ ކާޑު ނަންބަރު އަދި ފޯނު ނަންބަރު މިއިދާރާގެ ނަންބަރު 7380069 އަށް ފޮނުވުން އެދެމެވެ. ލައިސަންސް ބުރެއް ބޭއްވުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)302-CO/302/2024/21 އިޢުލާނާއި ގުޅިގެން އެކަމަށް އެދިފައިވާ ފަރާތްތަކުން އަލުން ނަންނޯޓް ކުރަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

08 އޮގަސްޓް 2024
ހޯދާ