ދިވެހިރާއްޖެ
ފުޅަނދެއް ތައްޔާރު ކުރުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ފަރާތުން މިނިވަންދުވަހަށް ފުޅަނދެއް ތައްޔާރުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 07 ޖޫން 2015 (އާދީއްތަ) ދުވަހުގެ 14:00 އަށް | 11 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.
10 ޝަޢުބާން 1436
 
                    