ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އޮފީސް އެސިސްޓެންޓް

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މުސާރަ:

މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/2،550 ރުފިޔާ

އެހެނިހެން އެލަވަންސް:

ޖުޑީޝަލް އެލަވަންސާއި، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ލ. ގަމު މެޖިސްޓްރޭޓް ކޯޓް

 

ތަޢުލީމާއި ތަޖުރިބާ:

ހ. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމުން ނުވަތަ ކޯޓުން ޓެސްޓެއް ދީގެންނެވެ.) ނުވަތަ؛

ށ. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކުގެ މަޤާމެއްގައި އުޅެ، މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ؛

ނ. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 2 ގެ ރޭންކުގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ކޯޓުން ބަހަންޖެހޭ ޗިޓާއި، ސިޓީއާއި، މެސެޖް ފަދަ ތަކެތި އެކި ފަރާތަކަށް ރައްދުކުރުން.
  2. ކޯޓުގެ ފައިސާގެ ކަންތައްތައް ބަލަހައްޓަވާ  ބޭފުޅަކު އަންގަވާގޮތެއްގެމަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި، ބޭންކުން ފައިސާ ނެގުން.
  3. ކޯޓުގެ ފަރުނީޗަރާއި ފާޚާނާތަކަށް ލިބޭ ކުދި ގެއްލުންތައް މަރާމާތުކުރުން.
  4. ކޯޓުގެ އިދާރީ މަސައްކަތްތަކަށް އެހީތެރިވެދިނުން.
  5. މަސައްކަތުމީހަކު ނެތް ހިނދެއްގައި، ކޯޓުގެ ގޯތިތެރެއާއި، ކޯޓުތެރެއާއި، ފާޚާނާތައް ސާފުކޮށް، ގަވާއިދުން ދިދަ ނަގައި، ދިދަ ތިރިކުރުން.
  6. ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ މަޝްވަރާކުރުމަށްފަހު، ވަޒީފާގެ ބަޔާނަށް ގެނެވޭ ބަދަލުގައި ކަނޑައަޅާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2015 ޖޫން 7 ވަނަ ދުވަހުގެ 13:30 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް ފޯމް، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން (www.justice.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ ނުވަތަ އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

އެހެނިހެން ކަންތައްތައް:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ކޮޕީ ހުށަހަޅާ ލިޔުންތަކުގެ އަސްލުތައް، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ތަޢުލީމީ ނަތީޖާއާއި، ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއުގައި ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން  އޮންނަ ތާރީޚާއި ގަޑި، އެފަރާތްތަކަށް، މި ކޯޓުން އަންގާނެއެވެ. އިންޓަވިއު އޮންނާނީ، މި ކޯޓުގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ 6800719 ނަންބަރު ފޯނަށް ނުވަތަ   6800023 ނަންބަރު ފޯނަށް ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6800722 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ