ދިވެހިރާއްޖެ
|
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
|
މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. |
|
|
މަޤާމް |
އެސިސްޓެންޓް އެޑްމިނިސްޓްރޭޓީވް އޮފިސަރ (ވަގުތީ) |
|
ބޭނުންވާ އަދަދު |
2 (ދޭއް) |
|
މަޤާމުގެ ރޭންކް |
ޖީ. އެސް. 2 |
|
މަޤާމުގެ ކްލެސިފިކޭޝަން |
އެސިސްޓެންޓް އޮފިސަރ ގްރޭޑް 2 |
|
އޮފީސް/އިދާރާ |
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ |
|
މުއްދަތު |
31 ޑިސެންބަރު 2015 ގެ ނިޔަލަށް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ |
|
މުސާރަ |
މަހަކު -/4،000 ރުފިޔާ |
|
ސަރވިސް އެލަވެންސް |
މަހަކު -/1،000 ރުފިޔާ |
|
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް |
އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން، ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
|
މަޤާމުގެ ޝަރުޠު |
|
|
މަޤާމުގެ މަސްއޫލިއްޔަތު |
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައި، އިދާރީގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއާއި، ޕްރެކެޓިކަލްސްއަށް ބެލޭނެއެވެ. |
|
އިންޓަވިއުއާއި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު |
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާހުރެ އިންޓަވިއު ފަސްވާނަމަ، އެކަން އެންގޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރައި، 2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް، ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) 5- ވަޒީފާއެއްގައި އުޅެމުންދާ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 6- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6860004 ނަންބަރު ފޯނަށް ނުވަތަ 6865001 ނަންބަރު ފޯނަށް ނުވަތަ 6862030 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ 6860958 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ނުވަތަ [email protected] އެވެ. |
|
9 ޝަޢުބާން 1436 |
|
