މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރުން

  1. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަން ލާޒިމުވާނީ ކޮން ފަރާތްތަކެއް؟
  2. ޓޫރިޒަމް ދާއިރާގައި މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތައް.
  • ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި، ޕްކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް މެރީނާތައް.
  • މަތީގައި ބަޔާން ކޮށްފައިވާ ތަންތަނުގައި ޤާއިމު ކޮށްފައިވާ ޑައިވިން ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި، ވޯޓާ ސްޕޯޓްސް ފެސިލިޓީތަކާއި، މިނޫންވެސް މިފަދަ ތަންތަން.
  • ޓޫރިޒަމް މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ފަރާތްތައް.
  • ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ކަންތަކާ ޙަވާލުވާ އެޖެންޓުން.
  • ދިވެހިރާއްޖޭގެ އެތެރޭގައި ފޯރުވައިދޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތައް.
  1. ދިވެހިރާއްޖެއަށް މުދާ އިމްޕޯޓުކުރާ ފަރާތްތައް.
  2. ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުވައިދިން ޚިދުމަތްތަކުގެ ޖުމުލަ އަގު 1 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް.
  3. ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކާނެ މުދަލާއި ފޯރުވައިދޭނެ ޚިދުމަތްތަކުގެ ޖުމުލަ އަގު 1 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތައް.

2. ވިޔަފާރި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަން ހަދާނީ ކިހިނެއް؟

ވިޔަފާރި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީވުމުގެ ކުރިން އެ ވިޔަފާރިއެއް މީރާގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ވިޔަފާރި މިރާގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ MIRA101 ފޯމެވެ. އަދި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާނީ MIRA105 ފޯމެވެ.

މީރާގައި ވިޔަފާރި ރަޖިސްޓަރީ އަދި ޖީ.އެސް.ޓީ ރަޖިސްޓަރީ ވެފައިވާ ފަރާތަކުން އިތުރު ވިޔަފާރި ހަރަކާތެއް ފަށައިފިކަމުގައި ވާނަމަ މީރާގައި އެ ވިޔަފާރި ހަރަކާތެއް MIRA101 ފޯމު އަދި MIRA105 ފޯމު ބޭނުން ކޮށްގެން ރަޖިސްޓަރީ ކުރަންވާނެއެވެ.

  1. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ވާންޖެހޭނީ ކިހާ ދުވަހެއްގެ ތެރޭގައި؟

   ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރުމަށް ލާޒިމުވާ ޝަރުޠެއް ހަމަވާތާ މަދުވެގެން 30 ދުވަހުގެ ތެރޭގައި މިރާގައި އެ ވިޔަފާރިއެއް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. ޖީ.އެސް.ޓީ ރަޖިސްޓަރީ ކުރުމަށް ލާޒިމުވާ ޝަރުޠުތައް ހަމަނުވާ ފަރާތްތަކަށް އެފަރާތަކުން ބޭނުންނަމަ އަމިއްލައަށް އެދިގެން ރަޖިސްޓަރީ ކުރެވިދާނެއެވެ.


މިލިޔުމުގައި ހިމެނިފައިވާ މަޢުލޫމާތަކީ، މި މަޢުލޫމާތު ޝާއިޢުކުރެވުނު ވަގުތުގައި ޞައްޙަ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ތަފުސީލު ރިސާރޗަކާއި އެއްފަދަ ނުވަތަ ދިވެހިރާއްޖޭގެ ޓެކުހާ ބެހޭގޮތުން ދެވޭ ފަންނީ ލަފަޔަކާއި އެއްފަދަ މަޢުލޫމާތެއް ނޫނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1415، ފޯން: 2261 332، ފެކްސް: 6577 331

އީމެއިލް: [email protected]، ވެބްސައިޓް: www.mira.gov.mv

11 އޭޕްރިލް 2013
ހޯދާ