| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | އިދާރީ   | 
| އަދަދު: | 02 | 
| ފެންވަރު ނުވަތަ ޝަރުޠު | 
އަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ މީހެއް ކަމުގައިވުން.މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުން.ޢަރަބިބަހުން ޓައިޕްކުރަން އެނގޭ މީހެއްކަމުގައިވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
އަރަބިބަހުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.ޙައްޖަށް ތައްޔާރުވުމުގައި މާލޭގައި ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައި ބައިވެރިވުން. | 
| މަޤާމު: | އިދާރީ | 
| އަދަދު: | 04 | 
| ފެންވަރު ނުވަތަ ޝަރުޠު | 
މަތީ ސާނަވީ ތައުލީމު ފުރިހަމަ ކޮށްފައިވާ މީހެއް ކަމުގައިވުން.ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ މީހެއްކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ޙައްޖާއި އުމްރާއާ ގުޅޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން.ޙައްޖަށް ތައްޔާރުވުމުގައި މާލޭގައި ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައި ބައިވެރިވުން. | 
| ނޯޓް: މަތީގައިވާ މަޤާމުތަކަށް ހޮވާ ފަރާތްތުކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި، ކޯޕަރޭޝަންގެ އޮފީހުގައި ޙައްޖުގެ އެންމެހާ އިދާރީ ކަންކަމުގައެވެ. މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅުނަމަ، ޙައްޖު މޫސުމުގައި ސަޢުދީގައި ކުރާ މަސައްކަތްތަކުގައި ބޭނުން ހިފޭނެ އެހީތެރިއެއްގެ ގޮތުގައި ޙައްޖަށް ދިއުމަށް ފުރުޞަތު ދެވޭނެއެވެ.    | 
| މަޤާމު: | އިމާމްގެ ނާއިބު | 
| އަދަދު: | 4 | 
| ފެންވަރު ނުވަތަ ޝަރުޠު: | 
ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއިއެކު އެކަމުގެ ޢަމަލީ ތަޖުރިބާލިބިފައިވުން.ޙައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ކަނޑައެޅޭ ތާވަލާއި އެއްގޮތަށް ޙާޖީންނަށް ދީނީ ދަރުސް ދިނުން.ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.ޢުމްރާގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި ޖަމާޢަތުގެ އިމާމާ އެކު އިސްދައުރެއް އަދާކުރުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން. | 
| މަޤާމު: | މުސާޢިދު (އަންހެން) | 
| އަދަދު: | 06 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
އަޅުކަމުގެ ކަންކަމުގައި އަންހެން ޙާޖީންނާ އެކު ހަރަކާތްތެރިވުން.އެހީތެރިކަން ބޭނުންވާ އަންހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.މިވަޒީފާއަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކާއި، އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަޤާމު: | މުސާޢިދު (ފިރިހެން) | 
| އަދަދު: | 04 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
އަޅުކަމުގެ ކަންކަމުގައި ފިރިހެން ޙާޖީންނާ އެކު ހަރަކާތްތެރިވުން.އެހީތެރިކަން ބޭނުންވާ ފިރިހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން. | 
| މަޤާމު: | ޑޮކްޓަރު | 
| އަދަދު: | 02 | 
| ފެންވަރު ނުވަތަ ޝަރުޠު | 
މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާ އެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުންއަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން. | 
| މަޤާމު: | ނަރުސް (އަންހެން) | 
| އަދަދު: | 12 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ނަރުސް ކަމުގެ ސަނަދުއޮތުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުންމައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް. | 
| ސުން ގަޑި: | 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މި މަޤާމުތަކަށް މީހުން ހޮވުމުގައި ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ |