މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޕްރިންޓަރ
                                އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމު: ޕްރިންޓާ
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް.އެސް. 2
މަޤާމް ނަންބަރ: 252430
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
މުސާރަ: 3875.00 (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ
ސަރވިސް އެލަވަންސް: 1000.00 (އެއްހާސް) ރުފިޔާ
ނޯޓް: މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ތަން: މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްނެގުމާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން (ޓެސްޓާއި ގުޅުން ހުރިލިޔުމެއްނަމަ އެފެންނަށްޖެހޭ ފަރާތްނޫން އެހެންފަރާތްތަކަށް ނުފެންނާނޭހެންބެހެއްޓުން)
 - އިދާރީ އެހެންމުވައްޒަފުން ހާޒިރުނުވާ ހާލަތްތަކާއި އަދި އެހެން ހާލަތްތަކުގައި އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްކުރެއްވުން.
 - ކޮންމެދުވަހެއްގެ ޕްރޮގުރާމް ތައްޔާރުކޮށް ނޯޓިސްބޯޑްތަކަށް ނެރުން
 - އޮފީސްތެރެ އަބަދުވެސް ތަރުތީބު ކުރަން ވާނެއެވެ.
 - ސްކޫލް އޮފީހަށް އެކި އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމް ކުރަން ވާނެއެވެ.
 - ބޭނުންކުރާ މެޝިނަރީޒްތައް ވަރަށް ފަރުވާތެރި ކަމާ އެކު ބަލަހައްޓަން ޖެހޭނެއެވެ.
 - ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތް ވަރަކުން އެހެނިހެން މަސައްކަތް ތަކުގައި އެހީތެރިވާންވާނެއެވެ.
 - ސްކޫލްގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.
 - ސްކޫލްގެ އެއްވެސް ސިއްރެއް އެއްވެސް ފަރާތަކަށް ހާމަ ކުރުމަކީ މުޅިން މަނާ ކަމެކެވެ.
 - ސްކޫލްގައި އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ކުއްޖެއްގެ ފަރާތުން ކުދިންނާއި އެކަށީގެންނުވާ ކަމެއް ފެނިއްޖެ ނަމަ ވަގުތުން ސްކޫލްގެ ވެރިންނަށް އަންގަން ވާނެއެވެ.
 - ދަރިވަރުންނާ މުދައްރިސުންނާއި ވާހަކަދެއްކުމުގައި އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.
 - މުވައްޒިފުންގެ ގޮތުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އަދި ޙަރަކާތެއްގައި ވީވަރަކުން އެހީތެރިވެ އެއްބާރުލުން ދޭން ވާނެއެވެ.
 - އެއްވެސް އެއްޗެއް ނުލިބި ނުވަތަ ކަމެއްކުރަން ނޭންގުމުގެ ސަބަބުން މަސައްކަތެއް ނުނިމި އެއްވެސް ފަރާތަކަށް ލިބެންޖެހޭ ޚިދުމަތެއް ނުދެވުމުގެ ކުރީގައި ސްކޫލުގެ ވެރިންނަށް އަންގަންވާނެއެވެ.
 - އޮފީހުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ.
 - އަބަދުވެސް ހެދުންއެޅުމުގައި ސާފުތާހިރުވުން އިސްކުރަންވާނެއެވެ. އަދި ރަސްމީގަޑީގައި ރަސްމީކޮށް ހުންނަން ވާނެއެވެ.
 - މުވައްޒަފުންކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދޭން ވާނެއެވެ.
 - އެކަކު އަނެކަކަށް އެހީތެރިވުމަކީ މަސައްކަތްތަކަށް ފަސޭހަ ވުމާއި އަވަސްވާނެކަމެއް ކަމަށް ބަލައި އެކަންކަން އިސްކުރަންވާނެއެވެ.
 - ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން
 - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާ އެކު ބަރާބަރަށް ޢަމަލުކުރުން. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާ އެކު ބަރާބަރަށް ޢަމަލުކުރުން.
 
މަޤާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތާއި ގުޅޭދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 - މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 - ލިޔަށްކިޔަށް ދަތުމާ އެކު، މަޤާމުގައި ކުރަށްޖެހޭ މަސައްކަތްކުރަށް އެގުމާއިއެކު، އެމަސައްކަތް ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 - މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
 
އިންޓަރވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއު ކުރުން އޮންނާނީ، 2015 ޖޫން 20 ގައި މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ ގައެވެ.
 - އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mvން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 - ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ، ކައުންޓަރަށް.
 - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 11 ވަނަ ދުވަހުގެ 13:45 ގެ ކުރިން.
 
ނޯޓް:
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
 - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި (06:45 ން 13:45 ން) މަދަރުސަތުއްޝައިޚް އިބްރާހިމް/ ހއ.ކެލާ، ގެ 6500097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
 
             25 މޭ 2015
            
        
                    ހޯދާ  
                
                