ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ގެނެސްދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މި އިދާރާގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިގޮތުން އެފަރާތަކީ ރާއްޖެއިން ބޭރުން މީހުން ގެންނަ ސަރުކާރުގެ ހުއްދަ އޮތް ފަރާތަކަށް ވާންޖެހެއެވެ.

ވީމާ، 7 ޖޫން 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް މި މަސައްކަތް ކޮށްދޭނެ އަގަކާއެކު ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅާއިރު ހުއްދައިގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 0027 682 ނަންބަރު ފޯނަށެވެ.

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ