މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިންސްޓޯލްކުރެވިފައިވާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްގެ ޔުނިޓްތައް ފުލް ސާރވިސްކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގައި އިންސްޓޯލްކުރެވިފައިވާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްގެ ޔުނިޓްތައް ފުލް ސާރވިސްކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތުގެ ޚުލާޞާއެއް ތިރީގައި މިވަނީއެވެ:-

  • މިއޮތޯރިޓީގައި އިންސްޓޯލްކުރެވިފައިވާ އޭސީ ސިސްޓަމާއި އަދި ވެންޓިލޭޝަން ސިސްޓަމްގެ ޔުނިޓްތައް ފުލް ސާރވިސްއެއްކޮށް، އެއްބަސްވާ މުއްދަތުގެ ތެރޭގައި ބެލެހެއްޓުން.
  • މިއޮތޯރިޓީގައި ޤާއިމުކުރެވިފައިވާ އޭސީ އަދި ވެންޓިލޭޝަން ސިސްޓަމްގެ ތަފުސީލު ޖަދުވަލް 1 ގައި ހިމެނިފައި މިވަނީއެވެ.
  • ފުލް ސާރވިސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނީ މިފަދަ މަސައްކަތް ޢާންމުކޮށް ކުރާ ގޮތަށް އެންމެ ފެންވަރު ރަނގަޅުކޮންނެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދެވޭނީ ރަސްމީކޮށް ހުޅުވިފައިވާ ދުވަސްތަކުގައި 16:00 ގެ ފަހުންނާއި އެހެންދުވަސްތަކުގައި ދެފަރާތުން އެއްބަސްވާ ގަޑިއެއްގައެވެ.
  • ބިޑް ހުށަހަޅާއިރު މަސައްކަތް ކުރިއަށް ގެންދެވޭނޭގޮތުގެ ތާވަލެއް ހުށަހަޅަންވާނެއެވެ.
  • އޭސީ އަދި ވެންޓިލޭޝަން ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާވެގެން މިއޮތޯރިޓީން އެންގުމުން ވީ އެންމެ އަވަސް ފުރުޞަތެއްގައި މައްސަލަ ޙައްލުކޮށްދިނުމަކީ، ވަރަށް މުހިންމު ކަމަކަށްވާތީ، މިފަދަ އެންގުންތަކަށް އެންމެ ލަސްވެގެން ހާޒިރުވެވޭނެ ގަޑިއެއް ބިޑްގައި ހުށަހަޅަންވާނެއެވެ.
  • އޭސީ އަދި ވެންޓިލޭޝަން ޔުނިޓަކަށް މައްސަލައެއް ދިމާވެގެން، ނުވަތަ ސާރވިސްކުރުމުގައި، ޔުނިޓަކުން އެއްވެސް އެއްޗެއް ބަދަލުކުރަން ޖެހިއްޖެނަމަ، އެ ބަދަލުކުރަންޖެހޭ އެއްޗެއް ގަނެދޭނީ މިއޮތޯރިޓީންނެވެ. އަދި މި ބަދަލުކުރުމުގެ މަސައްކަތަށް އިތުރު އަގެއް ޗާޖެއް ނުކުރެވޭނެއެވެ. އެގޮތުން މިބަދަލުކުރުމުގެ މަސައްކަތްތައް ހިމެނިގެންދާނީ، ސާރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ތެރޭގައެވެ.
  • ކޮންޓްރެކްޓްގެ މުއްދަތު: 1 (އެކެއް) އަހަރު ދުވަސް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

03 ޖޫން 2015

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

14 ޖޫން 2015

އާދީއްތަ

11:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ