މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމު: ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ގިންތި:  ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: މުޙްޔިއްދީން ސްކޫލް، މާލެ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެޑްމިން

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް، މާލެ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2/ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6،295 ރުފިޔާ

-/2000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި އެންމެހައި ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެމަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  • ސްކޫލަށް އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި، ޕްރިންޓަރުފަދަ ތަކެއްޗާއި، އެހެނިހެން އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލައި ޗެކްކޮށް، އެތަކެތި އިންސްޓޯލް ކުރުން.
  • ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ ތަކެއްޗާއި އެހެނިހެން އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކަށް ދިމާވާ ހާޑްވެއަރއާއި ސޮފްޓްވެއަރގެ މައްސަލަތައް ޙައްލުކުރުން.
  • ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތަކަށް ދިމާވާ މައްސަލަތައް، މުވައްޒަފުންނަށް ދަތިނުވާނޭ އުސޫލެއްގެމަތިން ޙައްލުކޮށް، މުވައްޒަފަށް އެ ސިސްޓަމް ބޭނުންކުރެވޭ ޙާލަތަށްގެނެސް، މުވައްޒަފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީންކުރުން. 
  • ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލައި، ޕްރޮޖެޓަރ، ޕްރިންޓަރ ފަދަ ތަކެތި ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ޙާލަތެއްގައި ބެހެއްޓުން.
  • ސްކޫލުގެ ސައުންޑް ސިސްޓަމާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އެކިއެކި މުނާސަބަތުތަކަށް ސައުންޑް ސެޓްކުރުން.
  • ސްކޫލުގެ އެކިއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވޯންކްޝޮޕާއި، އެސެމްބްލީ ގަޑީގައި ސައުންޑާއި، ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
  • ސްކޫލު މުވައްޒަފުނަށް ސާރވާ ޑޮމެއިން ކްރިއޭޓްކުރުމާއި، ސްކޫލް މެއިލް ކްރިއޭޓް ކުރުމާއި، މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައްކުރުން.
  • ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސާރވާ ޑައުންވިޔަނުދީ ސާރވާއާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މުޙްޔިއްދީން ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީއާ ގުޅުންހުރި ސޮފްޓްވެއަރތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ސޮފްޓް ވެއަރ އަޕްގްރޭޑްކުރުން.
  • ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި، އެކަންކަން ޙައްލުކުރުން.
  • ސްކޫލުގައި ކިޔަވައިދިނުމަށް ގެންގުޅޭ ސްމާޓް ބޯޑާއި، ޑޮކްޓަރ ބޯޑް ބެލެހެއްޓުން.
  • ސްކޫލުގެ ވެބްސައިޓް މެއިންޓެއިންކޮށް، ވެބްސައިޓް އަޕްޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފަށް އެހީތެރިވެދީ، ސްކޫލުގެ ވެބްޕޭޖް އަޕްޑޭޓްކުރުން.
  • ސްކޫލުގެ 'ޖެމްސް' އާއި 'ސެޕް' ފަދަ އޮންލައިން ވިއުގަތައް ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާގެމަތިން ބަލަހައްޓަމުން ދިޔުން.
  • މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މި ވަޒީފާއަށް މީހަކުހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

  • ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 11 ޖޫން 2015 އާއި 15 ޖޫން 2015 އާ ދެމެދުގައި މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

އިތުރުގަޑީގެ ފައިސާ:

މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ، ލިބޭނެއެވެ.

ސުންގަޑި:

2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެެވެ.

6 ޝަޢުބާން 1436

24 މޭ 2015
ހޯދާ