ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގެވެށި އަނިޔާ އާއި ގުޅުންހުރި "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ސިމްޕޯސިއަމް" ރާވައި ހިންގައިދޭނެ އިވެންޓް މެނޭޖަރ އެއް ހޯދުން - އިތުރު މަޢުލޫމާތު
                                އިޢުލާން
މި އޮތޯރިޓީގެ ފަރާތުން މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ގެވެށި އަނިޔާ އާއި ގުޅުންހުރި "ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން (ސީ.އެސް.އޯ) ސިމްޕޯސިއަމް" ރާވައި ހިންގައިދޭނެ އިވެންޓް މެނޭޖަރ އެއް ހޯދުމަށްޓަކައި 2024 ޖުލައި 18 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2024/29) އިޢުލާނާއި ގުޅުންހުރި އަންނަނިވި އިތުރު ލިޔެކިޔުންތައް، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށް ޙިއްޞާކުރީމެވެ.
- އަގު ހުށަހަޅަންވީ ފޯމު (މި ފޯމުގައި މަސައްކަތުގެ ސްކޯޕާއި މަސައްކަތުގައި ފުރިހަމަވާންޖެހޭ ކަންކަން ތަފުސީލުކޮށް ބަޔާންކޮށްދެވިފައިވާނެއެވެ. އަގު ހުށަހަޅަންވާނީ މި ފޯމުގައި ބަޔާންކޮށްދީފައިވާ ގޮތަށެވެ. ބިޑު އިވެލުއޭޓް ކުރުމަށް ބެލެވޭނީ މި ފޯމުގައި ހިމަނާފައިވާ ރޭޓުތަކަށެވެ.)
 - ޑިޒައިން ކޮންސެޕް / ބްރޭންޑިންގ ގެ ޑްރާފްޓް ތައްޔާރުކުރުމަށް ބެލިދާނެ ނަމޫނާ
 - އޮތޯރިޓީގެ ބްރޭންޑިންގ ގައިޑްލައިން
 
އިތުރު މަޢުލޫމާތު ސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 ޖުލައި 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
 
ޕްރޮޕޯސަލް ހުށަހެޅުން
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2024 ޖުލައި 31 ވަނަ ދުވަހުގެ 10:00 އަށް
 - ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
 
 - އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
 - ގަޑިއަށް ހާޟިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
             24 ޖުލައި 2024
            
        
                    ހޯދާ  
                
                