ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
- 1. މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
 - 2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
 - 3. މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 24 ޖުލައި 2024 ވާ ބުދަ ދުވަހުގެ10:00 ގައި ހ. އަޝްރަފީވިލާ 03 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.
 - 4. ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
 - 5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ ވަނަ ދުވަހުގެ 13:30ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
 - 6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 10:00ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ. އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
 - 7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
 - 8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7912737 /4003966އިންލިބިވަޑައިގަންނަވާނެއެވެ.
 
12 މުޙައްރަމް 1446
18 ޖުލައި 2024
             18 ޖުލައި 2024
            
        
                    ހޯދާ  
                
                