| މަގާމު: | އިމަރޖެންސީ ރެސްޕޯންސް އޮފިސަރ  | 
| ބޭނުންވާ ޢަދަދު: | 1  (އެކެއް) | 
| މަގާމުގެ ބާވަތް: |  ދާއިމީ | 
| މަގާމުގެ ރޭންކް: | DMT2-1   | 
| ސެކްޝަން / ޔުނިޓް: | އިމަރޖެންސީ މެނޭޖްމަންޓް     | 
| އޮފީސް: | ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ | 
| މުސާރަ: | މަހަކު -/7495 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/2998 ރުފިޔާ | 
| ސްޕެޝަލް ޑިއުޓީ އެލަވަންސް | މަހަކު 3372/75 ރުފިޔާ | 
| އިތުރު އިނާޔަތްތައް: | 1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން  ކޮންޓްރިބިއުޝަން. | 
| މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: | 
| މައިގަނޑު މަސައްކަތްތައް 
ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމާއި، އިމަރޖެންސީ އޮޕަރޭޝަން މަސައްކަތްތައް ކުރުމުގައި އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލް ތައްޔާރުކުރުމާއި، އޮންކޯލް ހަފްތާގައި ފޯނުލޮގްކޮށް ބެލެހެއްޓުން.މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން. މިއޮތޯރިޓީގެ  އިމަރޖެންސީ އޮޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުމާއި، އޮންކޯލް ޑިއުޓީ ތާވަލު ތައްޔާރުކޮށް، އޮންކޯލްގެ ޚިދުމަތް މެދުނުކެނޑި ލިބޭކަން ކަށަވަރުކޮށް ބަލަމުން ގެންދިއުން. ކާރިސާގެ ނުރައްކާތެރިކަންއޮތް މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި، (ރިސްކް އެސެސްމަންޓް އެންޑް އެނަލިސިސް) ކާރިސާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލް އަގްވާމީ ފެންވަރުގައި ހެދިފައިވާ ފްރޭމްވޯކްތަކުގައިވާ މަސައްކަތްތައް ހާސިލު ކުރުމަށް ކަމާގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ކުރުމާއި، މަސައްކަތްތައް ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުގެ މަސައްކަތްތައް ކުރުން.ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމާއި އަލުން އިޔާދަވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތައް ކަމާއިގުޅޭ އިދާރާތަކާއި އެކު ކޯޑިނޭޓްކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކާރިސާތަކާއި ގުޅިގެން ހަދަންޖެހޭ އެސެސްމެންޓްތައް ހަދައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް ކުރުން.ކާރިސާތަކާއި ގުޅޭ އެންމެހާ ޑޭޓާ ބެލެހެއްޓުމާއި ޑޭޓާ އެނަލައިޒްކޮށް ކާރިސާތަކާއި ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.ފުރަތަމަ އިޖާބަދޭ ފަރާތްތަކާއި ނާޒުކު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ރެސްޕޮންސް ކެޕޭސިޓި އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ސުޕވައިޒަރުގެ ލަފާގެ މަތިން ކުރުން.ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ރާއްޖޭގެ ރަށްރަށުގައި ހިންގުން.ރާއްޖެއާއި ރާއްޖޭން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރ ތަކުގައި ބައިވެރިވުމާއި އެފަދަ މަސައްކަތްތައް ކުރުން.ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މި އޮތޯރިޓީ ތަމްސީލްކުރުން. | 
| މަގާމުގެ ޝަރުތުތައް: 
މަސައްކަތާ ގުޅުންހުރި ދާއިރާ އަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް, މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، ހިއުމަން ސެކިއުރިޓީ، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސް, މެނޭޖްމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅުންހުރި ދާއިރާގައި 3 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | 
| ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް: | 
| 
ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ                              (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.   7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| 
ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55 | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| ޝޯޓް ލިސްޓް ކުރުން: | 
| މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ. | 
| އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 30 ޖުލައި 2024 އިން 05 އޯގަސްޓް 2024 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން: | 
| އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |