| މަޤާމު: | އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން) | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| އަސާސީ މުސާރަ: | -/8,000 ރުފިޔާ | 
| އެލެވެންސް: | ސާރވިސް އެލަވަންސް: -/3،000 ރުފިޔާ ޕްރޮފެޝަނަލް އެލަވަންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/125 ފޯން އެލަވަންސް: -/300 | 
| މަސައްކަތުގެ ގަޑި: | ރަސްމީ ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށް އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވެންސް ދެވޭނެއެވެ. | 
| ފެންވަރު ނުވަތަ ޝަރުޠު: | 
އިސްލާމީ ޝަރީޢާ، އިސްލާމިކް ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގުން.ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ޙައްޖާއި ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީނުތަކުގެ މެޓީރިއަލްތައް އެކަށައެޅުމުގައި ބައިވެރިވެ، ތަމްރީންތައް ރާވާ ހިންގުން.ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހީވާގިކަމާ އެކު މަސައްކަތްކުރުން.ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ މުޢާމަލާތްތަކުގައި އިސްދައުރެއް އަދާކުރުން.ޙައްޖާއި ޢުމްރާގެ އެންމެހާ ކަންކަން ރާވާ ހިންގުމުގައި މެނޭޖަރގެ ދަށުން މަސައްކަތްކުރުން.ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެއްބާރުލުން. | 
| ނޯޓް:  | މިމަޤާމަށް މީހަކު ހޮވުމުގައި ސަޢުދީ ޢަރަބިއްޔާގެ މާޙައުލު ދަންނަ ފަރާތްތަކާއި، އަދި ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަސައްކަތު ވަގުތު: | 
ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާ އެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން | 
| ސުންގަޑި: | 09 ޖޫން 2015 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ. | 
| ނޯޓް: | ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| އިތުރު މަޢުލޫމާތު: | މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް މާލެ، ދިވެހިރާއްޖެ |