ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދ. ބަނޑިދޫ ބަނދަރު ސަރަހައްދުން ދިގުމުއްދަތަށް 1200 އަކަފޫޓުގެ 7 ބިން ކުއްޔަށް ދޫކުރުމާގުޅޭ
                                މިރަށު ބަނދަރު ސަރަޙައްދުން ދިގުމުއްދަތަށް 1200 އަކަފޫޓުގެ 7 ބިން ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރުB-376/2013/14 ( 20 ޖޫން 2013 ) ގެ އިޢުލާން ބާޠިލު ކުރުމަށް ކައުންސިލުން ނިންމުމާގުޅިގެން އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕުރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1 ޝަޢުބާން 1436
             19 މޭ 2015
            
        
                    ހޯދާ  
                
                 
                    