ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ރިސާރޗް ޕްރޮޖެކްޓެއްކަމަށްވާ ހައިޑްރޮފޯނިކްސް ކެޕްސިކަމް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓާއި ގަސްކާނާ އަދި ކެމިކަލް ފަދަ ތަކެތި ގަތުމަށް ބޭނުންވެގެން ކުރި ނަންބަރު MNU-CA-PR/2015/192ފ(14 އެޕްރީލް 2015) އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަލިބިފައިނުވާތީ އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 27 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
03 ޝަޢުބާން 1436
