ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 3 ވަނަ ބުރު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގެ 3 ވަނަ ބުރު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ބައެއް ކޯސްތަކަކީ އެ ކޯސްތަކަށް ވަނުމަށް ވަކި ފެންވަރެއްގެ އިނގިރޭސި ބަހުގެ ފާހެއް އޮތުން ލާޒިމް ކުރެވިފައިވާ ކޯސްތަކެކެވެ. އެހެންކަމުން ޔުނިވަރސިޓީގެ ކޯސްތަކުން ޖާގަދިނުމާ ބެހޭ ސިޔާސަތުގައިވާ ގޮތުން، އިނގިރޭސިބަހުގެ ފާހެއް އޮތުން ލާޒިމުވާ ކޯސްތަކަށް އެދި ފޯމު ހުށަހަޅާ އިރު، ކަނޑައެޅިފައިވާ ފެންވަރުގެ އިނގިރޭސި ފާހެއް ހާސިލުކުރެވިފައިނުވާ ފަރާތްތަކުން ޔުނިވަރސިޓީގެ އިނގިރޭސި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެގޮތުން 2015 ވަނައަހަރު ގެ ދެވަނަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނުގެ ތިންވަނަ ބުރު 30 މޭ 2015 ގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން އަދި   www.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކާ، ފޯމު ފުރިހަމަކުރައްވާ އިނގިރޭސި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާ އެކު އައިޑީ ކާޑުގެ ކޮޕީއެއް ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހަށް ހުށައަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 04 ޖޫން 2015  ވާ ބުރާސްފަތި ދުވަހުން ފެށިގެން ފައުންޑޭޝަން ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެ އެވެ.

29 ރަޖަބު 1436

18 މޭ 2015
ހޯދާ