ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
6 ކޮމްޕިއުޓަރ ސިސްޓަމާއި 2 މަލްޓިމީޑިއާ ޕްރޮޖެކްޓަރ ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް 6  ކޮމްޕިއުޓަރ ސިސްޓަމާއި 2 މަލްޓިމީޑިއާ ޕްރޮޖެކްޓަރ ގަންނަން ބޭނުން ވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު 2015/28/JS-B އިޢުލާނާ ގުޅިގެން 2 މަލްޓިމީޑިއާ ޕްރޮޖެކްޓަރ ވިއްކަން ހުށަޅާފައިވާ އަންދާސީހިސާބުތަކާއި، ސްކޫލުން ދީފައިވާ ސްޕެސިފިކޭޝަނާ ދިމާނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އަގު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ.

ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް 2 މަލްޓިމީޑިއާ ޕްރޮޖެޓަރ މި ސްކޫލަށް ވިއްކެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 25 މޭ 2015 ވަނަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވަނަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

2 ޝަޢުބާން 1436 

20 މޭ 2015
ހޯދާ