ދިވެހިރާއްޖެ
މަގުބައްތިތަކުގައި މީޓަރު ހަރުކުރުމަށްޓަކައި ކުރަންޖެހޭމަސައްކަތްތަށް ކޮށްދޭނޭފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)316/316/2024/62 އިއުލާން ބާތިލުކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މަސައްކަތް ކޮށްދެވޭނެ އަގު، ކޮޓޭޝަން ނުވަތަ އަގުހުށަހަޅާ ފޯމް ފުރިހަމަކޮށް 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ކޮޓޭޝަން ނުވަތަ އަގުހުށަހަޅާފޯމާއެކު މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިއެއްނަމަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަން ވާނެއެވެ.
މަސައްކަތާއި ގުޅިގެން މައުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވައި މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.