ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 ޖުލައި 2024 12:37 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ޖަމްޢިއްޔާއެއް ހޯދުން.
ތިނަދޫ ސިޓީގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ ޓީމްވޯރކް ވަރުގަދަކޮށް ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން މި މުބާރާތް ބޭއްވުމަށް ޖަމްޢިއްޔާއެއް ހޯދުމަށް އިޢުލާން ކުރަމެވެ. އަދި މި މުބާރާތުގައި ގދ.ކާޑެއްދޫއިން 2 ޓީމަށް ފުރުސަތު ދިނުމަށްވަނީ ގަސްތުކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ޖަމްޢިއްޔާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ޖަމްޢިއްޔާތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ޖަމްޢިއްޔާތަކުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 ރެޖިސްޓްރޭޝަން މުއްދަތު  | 
 26 ޖޫން 2024 އިން 04 ޖުލައި 2024 އަށް  | 
 -  | 
 04 ޖުލައި 2024 ގެ 14:00އަށް  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާ / އީމެއިލް މެދުވެރިކޮށް  | 
| 
 ބީލަން ހުށަހެޅުން  | 
 16 ޖުލައި 2024  | 
 އަންގާރަ  | 
 11:00  | 
 ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް  | 
20 ذو الحِجّة 1445
