ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕްރޮކިއުމަންޓް ޑިވިޜަން، އެޑްމިން އެންޑް ޖެނެރަލް ޕްރޮކިޔުމަންޓް ސެކްޝަން، ޖެނެރަލް ޕްރޮކިޔުމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކާއި އެމް.ކި.ޔޫ. އޭ. ގެ 25000 ރުފިޔާއިން ދަށުގެ އެގްރިމެންޓް ކުރަންޖެހޭ މަސައްކަތްތައް އެގްރިމެންޓްކޮށްގެން އެ މަސައްކަތް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އެ މަސައްކަތާ ގުޅޭ އެންމެހައި ކަންތައްތައް ކުރުން.
- މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކުން ބާއްވާ ވޯރކްޝޮޕް، ސެމިނަރ، ޖަލްސާފަދަ ކަންކަމުގެ ކެއުމާއި ސަޔާބެހޭ އެންމެހައި ކަންތައްތައް ކުރުން.
- މިނިސްޓްރީއާއި، މިނިސްޓްރީގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތް ކުރުން.
- ސެކްޝަނަށް ހޯދޭ ތަކެތީގެ އިންވެންޓްރީ ނަގައި، ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާ ތަކެތި، ސެކްޝަން ހިންގަވާ ވެރިއަކަށް ރިޕޯޓް ކުރުމަށްފަހު ނީލަންކިއުމުގެ ކަންތައް ކުރިއަށްގެންދިއުމާއި، މިކަމާބެހޭ ލިޔެކިއުންތައް ޤަވާއިދުން ބެލެހެއްޓުމާއި، ހޯދޭ ތަކެތި އިންވެންޓްރީގައި ހިމަނައި، ނައްތައިލެވޭ ތަކެތި އިންވެންޓްރީން އުނިކުރުމުގެ މަސައްކަތް ކުރުމާއި، އެކަން ހިނގާނުހިނގާގޮތް ސެކްޝަނުގެ ވެރިޔާއަށް އެންގުން.
- އެ މުވައްޒަފަކު ހަވާލުވެފައިވާ މިސައްކަތުގެ ބިލްތައް އައުމުން، ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށްފައި ބަޖެޓް ސެކްޝަނަށް ފޮނުވުމާއި، ޕޭމެންޓް ކަންތައް ކުރިއަށްދާގޮތް ބެލުން.
- މުވައްޒފަކު ކުރަން ހަވާލުވެފައިވާ މަސައްކަތުގެ ލިޔެކިޔުން ފައިލްކުރުމާއި، ފައިލްތައް ބެލެހެއްޓުން.
- އޮފީސް ހުޅުވައި ލެއްޕުމާބެހޭގޮތުން ހެދިފައިވާ ތާވަލްގައިވާގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ޖޫން 3 އާއި 8 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން (www.moe.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާގެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 1 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341420 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
29 ރަޖަބު 1436
