ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރުIUL)22-TF/1/2015/111) (ތާރީޚު:31 މާރިޗު 2015 ) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ވީމާ ތަޢުލީމީ ފަންޑުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 މޭ 2015 ބުރާސްފަތި ދުވަހު 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 27 މޭ 2015 ވާ ބުދަ ދުވަހު 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
28 ރަޖަބު 1436
