މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:                  ޖެނެރަލް ސަރވިސް 4

މަޤާމުގެ ކްލެސިފިކޭޝަން:             އޮފިސަރ ގުރޭޑް 2

ބޭނުންވާ އަދަދު:                  1  (އެކެއް)   

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:       މުޙްޔިއްދީން ސްކޫލް

މަޤާމުގެ މުސާރަ:                  މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:               މހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ  އިމްތިޙާނަކުން  2 މާއްދާއިން  ދަށްވެގެން "ޑީ" ގްރޭޑް  ލިބިފައި، އޭގެ އިތުރުން،  ސެކަންޑަރީ  ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި  "ދިވެހި" މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:

ސްކޫލްގެ އިދާރީ އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން. އެގޮތުން ކުރަންޖެހޭ މަސައްކަތްތކަކީ:

- ފައިސާޔާ ގުޅޭ މަސައްކަތް

- ހިޔުމަން ރިސޯސްއާ ގުޅޭ މަސައްކަތް

- ދަރިވަރުންނާއި ބެލެނިވެރިންނާ ގުޅުންހުރި މަސައްކަތް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

- މި މަޤާމަށް މީހުން ހޮވުމުގައި، މެންދުރުފަހު ސެޝަނުގައި މަސައްކަތްކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 21 މޭ 2015 އާއި 28 މޭ 2015 އާ ދެމެދު ގެ ތާރީޚެއްގައި މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • ތަޢުލީމީ ސެޓްފިކޭޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެެވެ.  

 23 ރަޖަބު 1436

12 މޭ 2015
ހޯދާ