ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް މެނޭޖަރ

މަޤާމު: ޕްރޮކިއުމަންޓް މެނޭޖަރ

ޑިޕާރޓްމަންޓް: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް

އަދަދު: 01

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ،
  • އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގާ ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކުރުން.
  • ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކޯޕަރޭޝަންގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްކަން ޔަގީންކޮށް މުރާޖަޢާކުރަން ޖެހޭ ކަންތައްތައް މުރާޖަޢާކުރުން.
  • ކޯޕަރޭޝަނުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ މަސައްކަތްތައް މުވައްޒަފުންނަށް ބަހާލައި ހިންގައި ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަންބޭނުންވާ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން.
  • ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުން.
  • ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮކިއުމަންޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުން.
  • ކޯޕަރޭޝަނަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން.
  • މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާދައްކާތޯ ބަލައި ޔަގީންކުރުން.
  • ވެންޑަރ ރެޖިސްޓްރީ އާއި ސަޕްލަޔައ ރެޖިސްޓްރީ ޑޭޓަރބޭސް އެކުލަވައިލުމާއި ބެލެހެއްޓުން.
  • ސަޕްލަޔަރ ރިލޭޝަންސް މެނޭޖްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ޤާނޫނުތަކާއި މުދާ ގަތުމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.

ބަޖެޓް މެނޭޖްމަންޓް އަދި ހިސާބުކުރުމުގެ ހުނަރު.

ޕޭމަންޓް ޕްރޮސެސިންގ އަދި ސެޓްލްމަންޓަށް އަހުލުވެރިވުން.

ކަނޑައެޅިފައިވާ ތާރީޚުތަކަށް ކަންތައްތައް ނިންމުމާއި ޓައިމް މެނޭޖްމަންޓުގެ ހުނަރު.

ޓީމް މެމްބަރުންނާއި ކޮންޓްރެކްޓަރުންނާ މުޢާމަލާތުކުރާނެ ގޮތް ދެނެގަނެ ޓީމެއްގެ ގޮތުގައި ގެންގުޅުމުގެ ހުނަރު.

ޕްރޮކިއުމަންޓް ކަންތައްތަކުގައި ބޭނުންކުރާ ސޮފްޓްވެއާރ ތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާ ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން.

މުސާރަ: 11.000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 19،860.00ރ ލިބޭނެއެވެ.)

މި ވަޒީފާއަށް މުވައްޒަފެއް އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 18 މެއި 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

01 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                      

މާލެ، ދިވެހިރާއްޖެ                                                                                    

ފޯނު: 3336755                                                                            

ފެކްސް: 3335892   

03 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ނުވަތަ

ހުޅުމާލެ، ދިވެހިރާއްޖެ    

ފޯނު: 3353535  

ފެކްސް: 3358892  

 

12 މޭ 2015
ހޯދާ