| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | ނަރުސް (އަންހެން) | 
| އަދަދު: |  | 
| ފެންވަރު ނުވަތަ ޝަރުޠު | 
ނަރުސް ކަމުގެ ސަނަދުއޮތުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން.މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.45 އަހަރުން މަތީގެ މީހެއް ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.ސަނަދުތަކުގެ ކޮޕީ | 
| ސުންގަޑި: | 20 މޭ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | 
މަޤާމަށް ޝަރުޠު ފުރިހަމަ ކަމަށް ބަލާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުންތަކަށް ބެލުމަށް ފަހުއެވެ. ލިޔުން ހުށަނާޅާ ފަރާތްތައް ޝަރުޠު ފުރިހަމަ ނުވާކަމަށްބަލައި އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.މިމަޤާމުތަކަށް ކުރިން އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށައަޅުވާކަށް ނުޖެހޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ |