ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީއަށާއި މި އެޖެންސީގެ ދަށުން ހިންގަމުންގެންދާ ސެންޓަރުތަކަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/30) (ތާރީޚު: 27 އެޕްރީލް 2015) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތުޝީޓުގައި ހިމަނާފައިނުވާ އައިޓަމްތަކަށް އަގު ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުންއެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
| 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
|
| 
 މަޢުލޫމާތު ސާފުކުރެއްވުން  | 
 19 މޭ 2015  | 
 އަންގާރަ  | 
 13:00 (މެންދުރުފަސް)  | 
| 
 އަންދާސީހިސާބު ހުށަހެޅުއްވުން  | 
 25 މޭ 2015  | 
 ހޯމަ  | 
 13:00 (މެންދުރުފަސް)  | 
23 ރަޖަބު 1436
