ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް މި ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއް ކަމުން މި ގޯތިތައް ވައުވެ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކުރަމުން އެބަ ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭއްވުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 29 މެއި 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ W-15
| 
 ގޯތީގެ ނަމްބަރ  | 
 ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން  | 
 ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް  | 
 ގޯތީގެ ނަން  | 
| 
 W-15/02  | 
 ޝިމްލާ ސަޢީދު  | 
 ވެސްޓްލައިޓް / ގދ.ތިނަދޫ  | 
 ތްރީފްލެޝް  | 
| 
 W-15/07  | 
 މުޙައްމަދު ރަޝީދު  | 
 ފެހިފަރުދާގެ / ގދ.ތިނަދޫ  | 
 އަކޭސިޔާ  | 
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.
22 ޛުލްޤައިދާ 1445
