މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގޯތިތައް ސާފު ކުރުމާއި ގުޅޭ
                                އިޢުލާން
ގޯތިތައް ސާފު ކުރުމާއި ގުޅޭ
ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގައިވާ ގޮތުން، ދޫކޮށްފައިވާ ގޯތިތައް ސާފުކޮށް ބެލެހެއްޓުމަކީ އެގޯތީގެ ވެރިފަރާތުން ކުރަންޖެހޭކަމެކެވެ. ނަމަވެސް ގިނަ ގޯތިތައް އަދި އެ ގޯތިތަކުގެ ވަށައިގެންވާ ސަރަހައްދު ސާފުނުކޮށް އޮންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ މީހުން ނޫޅޭ ފަޅު ގޯތި ތަކާއި އަލަށް ދޫކުރި ގޯތި ތަކާއި އެ ގޯތިތަކުގެ ވަށައިގެންވާ ސަރަހައްދު 15 ޖޫން 2024 ވާ ހޮނިހިރު ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވަމެވެ. އަދި އަބަދުވެސް ގޯތިތަކާއި އިންވެގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް އެންމެހާ ރައްޔިތުން ސަމާލުކަން ދިނުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             30 މޭ 2024
            
        
                    ހޯދާ  
                
                 
                    