ދިވެހިރާއްޖެ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް މިކައުންސިލުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ސްކޫލް ކުދީންނާއި ޢާންމުންނަށް ހުޅުވާލައިގެން މުބާރާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 31 މޭ 2024 ވަނަ ދުވަހުގެ 14.00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.
ސްކޫލްދަރިވަރުންނަށް ހުޅުވާލެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމަށް ހދ. އަތޮޅުމަދަރުސާ އާއި ވައިކަރަދޫ ކައުންސިލުން ފޯމް ލިބެންހުންނާނެއެވެ. ހދ.އަތޮޅުމަދަރުސާގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް ފުރާ ފޯމް ސުންގަޑީގެ ކުރިން ހދ. އަތޮޅުމަދަރުސާއަށް ނުވަތަ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
އާންމުންނަށް ހުޅުވާލެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމް ވައިކަރަދޫ ކައުންސިލުން ލިބެންހުންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ފުރާ ފޯމް ސުންގަޑީގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ހިންގޭނެ ހަރަކާތްތައް
| 
 
  | 
 ހަރަކާތް  | 
 ތަފްޞީލް  | 
 ބައިވެރިވާން ފޯމް ހުށަހަޅަންވީ ސުންގަޑި  | 
 މުބާރާތުގައި ބައިވެރިކުރާ ތަކެތި ހުށަހަޅަންވީ ސުންގަޑި  | 
| 
 1  | 
 މަޒުމޫނު ލިޔުމުގެ މުބާރާތް މަޢުޟޫޢު: (ހ) މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް އޮނު (ށ) މަސައްކަތްތެރި ކަމުގައި އޮނުގެ ދައުރު  | 
 އުމުރުފުރާ: 18 އަހަރުން ދަށް ހޮވާ ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
| 
 2  | 
 މަޒުމޫނު ލިޔުމުގެ މުބާރާތް މަޢުޟޫޢު: (ހ) މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް އޮނު (ށ) މަސައްކަތްތެރި ކަމުގައި އޮނުގެ ދައުރު  | 
 އުމުރު ފުރާ: 18 އަހަރުން މަތި 
 ހޮވާ ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
| 
 3  | 
 ލީފްލެޓް ހެދުމުގެ މުބާރާތް މަޢުޟޫޢު: އޮނުގެ ބޭނުމާއި މުހިއްމުކަން  | 
 އުމުރު ފުރާ: 10 އަހަރާއި 15 އަހަރާއި ދެމެދު ހޮވާ ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ 
  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
| 
 4  | 
 ޕޯސްޓަރ ކުރެހުމުގެ މުބާރާތް މަޢުޟޫޢު: އޮނުގެ ބޭނުމާއި މުހިއްމުކަން  | 
 އުމުރު ފުރާ: 10 އަހަރުން ދަށް ހޮވާ ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ 
  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
| 
 5  | 
 ފޮޓޯ ނެގުމުގެ މުބާރާތް މަޢުޟޫޢު: ބެމްބޫ ފޮޓޯގްރަފީ  | 
 އުމުރު ފުރާ 15 އަހަރުން މަތި ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ 
  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
| 
 6  | 
 އޮނުން ތަކެތި ހެދުން  | 
 އުމުރު ފުރާ 15 އަހަރުން މަތި ވަނަތައް: 1 ވަނަ، 2 ވަނަ، 3 ވަނަ ތަކެތި ހެދުމަށް ކޮންމެ ބައިވެރިއަކަށް ވަކިވަރަކަށް (އެންމެނަށް އެއް ވަރަށް) އޮނު ހަދިޔާ ކުރެވޭނެ.  | 
 31 މޭ 2024 ވާ ހޮނިހިރު ދުވަހުގެ 14:00  | 
 5 ޖޫން 2024 ދުވަހުގެ 14:00  | 
ވަކިވަކި މުބާރާތްތަކާއި ގުޅޭ މަޢުލޫމާތު ކައުންސިލް ވެބްސައިޓުންނާއި ފޭސްބޫކް ޕޭޖް އަދި ވައިބަރ ގްރޫޕްގެ އިތުރުން މިކައުންސިލާއި ހދ. އަތޮޅު މަދަރުސާއިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.
