ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ އޮފީސް

ޖަމާލުއްދީން ސްކޫލް

މުސާރަ

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން. 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

ސްކޫލްތެރެ ސާފުކުރުމާއި، އެކިއެކި ކަންކަމަށް ގޮނޑިފަދަ ތަކެތި ޖަހަން ޖެހިއްޖެނަމަ ގޮނޑިޖެހުމާއި، ފާޚާނާއާއި ކިލާސް ރޫމްފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން.

 


ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

  • ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ސުކޫލުގެ އޮފީހުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިޔަންކިޔަން ދަންނަކަމުގައި ބަޔާންކޮށްފައިވާ ލިޔުން.
  • ސަރުކާރުގެ ވަޒީފާގައިހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، މަސައްކަތުގެ ތަޖުރިބާއާއި، ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތަކަށެވެ. 

ސުންގަޑި

މި ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި  އެހެނިހެން ލިޔުންތައް  ހުށައެޅުމުގެ  ސުންގަޑިއަކީ،  2015  މޭ  19 ވާ  އަންގާރަ ދުވަހުގެ މެންދުރުފަހު 15.00 އެވެ.

 

 

އިންޓަވިއު

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ، 2015 މޭ 21 ވަނަ ދުވަހުގެ ފަހުގެ   ތާރީޚެއްގައި، ޖަމާލުއްދީން ސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

އިތުރު މައުލޫމާތު ހޯދަން ގުޅާނީ، 3324415 ނަންބަރު ފޯނަށެވެ.

 22 ރަޖަބު 1436

11 މޭ 2015
ހޯދާ