ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިނެއް ވިއްކާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް ފޮޓޯކޮޕީމެޝިނެއް ވިއްކާނެ ފަރާތެއް ހޯދުމަށް 22 އެޕްރީލް 2015 ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު: JS-B/2015/32 އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާގަޑިއަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިވަނީ 2 ފަރާތަކުން ކަމަށްވާތީ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފޮޓޯކޮޕީމެޝިނެއް ( މި ސްކޫލަށް ) ވިއްކެވުމަށް އަލުން ފުރުޞަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ.

ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް ފޮޓޯކޮޕީމެޝިނެއް މި ސްކޫލަށް ވިއްކެވުމަށް ބޭނުންވާ ފަރާތްތަކުން 13 މޭ 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ދުވަހުގެ 11:00އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ރަޖަބު 1436      

06 މޭ 2015
ހޯދާ