މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު (1 ވަނަ އިއުލާން)

ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް- "އާރލީ އެކްޝަން ސަޕޯޓް ފޮރ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކްޕްރޮޖެކްޓް"   

 

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ގެ ހިލޭ އެހީގެ ދަށުން މި މިނިސްޓްރީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށް ގެންދާ "އާރލީ އެކްޝަން ސަޕޯޓް ފޯ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް ޕްރޮޖެކްޓް" ގެ ދަށުން ތިރީގައިވާ ކޮމްޕޮންންޓުތައް ހިމެނެއެވެ.

 

ކޮމްޕޮނެންޓް 1: ކުންމިންގް-މޮންޓްރިއާލް ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކް އާއި އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުން

ކޮމްޕޮނެންޓް 2: މޮނިޓަރިންގެ ސިސްޓަމްއެއް ޤާއިމްކުރުން

ކޮމްޕޮނެންޓް 3: ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެލައިންމަންޓް

މަތީގައި ބަޔާންކޮށްފައިވާ ކޮމްޕޮނެންޓް 1 އަދި 2 ގެ މަސައްކަތު ދަށުން ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ހޯދުމަށް އިއުލާން ކުރަމެވެ. މިމަސައްކަތުގެ މުއްދަތަކީ 10 މަހެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފޯމް،  މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. ހުށަހަޅަންޖެހޭ މައުލޫމާތުގެ އިތުރު ތަފްޞީލް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯރމްތަކުގެ ޓެމްޕްލޭޓް ތައް ވެސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ.   މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އާއި ފޯމްތަކުގެ ޓެމްޕްލޭޓްތައް މި  މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.



ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 06 ޖޫން 2024  ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 06 ޖޫން 2024   ވާ ބުރާސްފަތި ދުވަހު 10:05 ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ނުވަތަ ބީލަން ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 30 މޭ 2024 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: އެންބީސެޕް ރިޕިޜަން ކޮންސަލްޓަންޓް - ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާ ކުރުމަށް - "އާރލީ އެކްޝަން ސަޕޯޓް ފޮރ ދަ ގްލޯބަލް ބައޯޑައިވާސިޓީ ފްރޭމްވާކްޕްރޮޖެކްޓް"   

Do not Open Before 06 June 2024 at 1005hrs – “Consultancy Service to Revise the National Biodiversity Strategy and Action Plan  - (IUL)438-ENV/438/2024/88”

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

23 މޭ 2024
ހޯދާ