ދިވެހިރާއްޖެ
މިކައުންސިލްގެ ނަމްބަރ: (IUL)252/252/2023/11 (01 ފެބުރުއަރީ 2023) އިޢުލާނުން، މިކައުންސިލުން ދެމުންގެންދާ ޙިދުމަތްތަކުގެ ތެރެއިން ފީނެގުމަށް، ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާއްމު ބައްދަލުވުމުން ނިންމާފައިވާ ޙިދުމަތްތައް ކުރިން ވާނީ އާއްމުކޮށް އިޢުލާން ކުރެވިފައެވެ. ނަމަވެސް އެޢިއުލާނުގައި މިކައުންސިލުން ފޯރުކޮށްދެމުންދާ ޙިދުމަތްތަކުގެ ނަންތައް ވަކިވަކިން ހިމެނިފައިނުވާތީ، ފީނެގުމަށްފަހު ކައުންސިލުން ފޯރުކޮށްދެމުންދާ ޙިދުމަތްތައް ވަކިވަކިން އެނގޭނެގޮތަށް އާއްމުކުރަމެވެ.
|
ޙިދުމަތުގެ ނަން |
ނެގުމަށް ކަނޑައެޅިފައިވާ ފީ |
|
1- ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްނަގާ ފީ |
އަކަފޫޓްއަކަށް -/25 ރުފިޔާ |
|
2- ކެންޓީނު ޙިދުމަތުން 24 ގަޑިއިރަށް ނަގާ ފީ |
-/30 ރުފިޔާ |
|
3- ސެޓްފިކެޓް ކުލަކޮށް ޕްރިންޓްކުރުމުގެ ފީ |
-/20 ރުފިޔާ |
|
4- ސެޓްފިކެޓް އާދައިގެ ގޮތަށް ޕްރިންޓްކޮށް ލެމިނޭޓްކުރުމުގެ ފީ |
-/20 ރުފިޔާ |
|
5- ލެމިނޭޓްކުރުން |
-/10 ރުފިޔާ |
|
6- އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ ފީ |
-/50 ރުފިޔާ |
|
7- ގޯތި ބައިކުރުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
8- ގޯތީގެ އިންވަކިކުރުމުގެ ފީ |
-/100 ރުފިޔާ |
|
9- ގޯތި ބައިކޮށް ޗާރޓް ކުރަހައިދިނުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
10- ކައުންސިލް ޕްރީސުކޫލްގައި ރަޖިސްޓްރީކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
11- ކައުންސިލް ޕްރީ ސުކޫލް ޙިދުމަތުން ނަގާ މަހު ފީ |
-/300 ރުފިޔާ |
|
12- އައިޑީކާޑު ހެއްދުމަށް ޑާޓާ ނަގައި ފޮނުވައިދިނުމުގެ ފީ |
-/50 ރުފިޔާ |
|
13- ނަން ބަދަލުކުރުމުގެ ފީ |
-/300 ރުފިޔާ |
|
14- މިނިސްޓްރީ ތަކަށް ހުށަހަޅާ ފޯމް ޕްރޮސެސްކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
15- ޢިމާރާތުގެ ކުރެހުން ފާސްކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
16- ސައިޓް އިންސްޕެކްޝަން ފީ |
-/100 ރުފިޔާ |
|
17- އެއްގަމާއި ކަނޑައުޅަނދު ރަޖިސްޓްރީކުރުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
18- ވިޔަފާރި އުޞޫލުން ބަނދަރު ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް) |
-/250 ރުފިޔާ |
|
19- ވިޔަފާރި އުޞޫލުން ރަށުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް) |
-/250 ރުފިޔާ |
|
10- ރަށްވެހިންގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ފީ |
-/100 ރުފިޔާ |
|
11- މަގުކޮނުމުގެ ހުއްދަ ދޫކުރުމުގެ ފީ |
-/100 ރުފިޔާ |
|
12- ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް ތައްޔާރުކޮށްދިނުމުގެ ފީ |
-/50 ރުފިޔާ |
|
13- ގަރާޖް ރަޖިސްޓްރީ ހެއްދުމުގެ ފީ |
-/100 ރުފިޔާ |
|
14- ގޯތީގެ ރަޖިސްޓްރީ ހެއްދުމުގެ ފީ |
-/100 ރުފިޔާ |
|
15- އެހެނިހެން ރެޖިސްޓްރޭޝަން އަދި އެހެނިހެން ލައިސަންސް ފީ |
-/100 ރުފިޔާ |
މިދެންނެވި ވަކިވަކި ޙިދުމަތްތަކުގެ އިތުރުން ކައުންސިލުން ވަކި އުޞޫލެއްގެ ދަށުން ފޯރުކޮށްދޭ ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީ އެއުޞޫލެއްގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، ޙިދުމަތްތަކަށް އެދޭ ފަރާތްތަކުން ޙިދުމަތަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ރަސްމީ ގަޑީގައި ކައުންސިލަށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
