މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ގިންތި:           ދާއިމީ

ބޭނުންވާ އަދަދު:          1 (އެކެއް)

ވަޒީފާ އޮތް އޮފީސް:        މުޙްޔިއްދީން ސްކޫލް، މާލެ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: އެޑްމިން

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު، މާލެ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެމް. އެސް. 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

-/6295

-/2000

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި އެންމެހައި ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެމަތިން މޮނިޓަރކޮށް ބެލެހެއްޓުން.
  • ސްކޫލަށް އަލަށް ގެންނަ ކޮމްޕިއުޓަރތަކާއި، ޕްރިންޓަރުފަދަ ތަކެއްޗާއި، އެހެނިހެން އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލައި ޗެކްކޮށް އެތަކެތި އިންސްޓޯލްކުރުން.
  • ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ ތަކެއްޗާއި އެހެނިހެން އިލެކްޓްރޯނިކް އިކްއިޕްމަންޓްތަކަށް ދިމާވާ ހާޑްވެއަރއާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކުރުން.
  • ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒަފުންނަށް ދަތިނުވާނޭ އުސޫލެއްގެމަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް މުވައްޒަފަށް އެ ސިސްޓަމް ބޭނުންކުރެވޭ ޙާލަތަށްގެނެސް، މުވައްޒަފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީންކުރުން. 
  • ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމާއި އެހެނިހެން ތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާ މިންވަރު ބަލައި، ޕްރޮޖެޓަރ، ޕްރިންޓަރ ފަދަ ތަކެތި ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ޙާލަތެއްގައި ބެހެއްޓުން.
  • ސްކޫލުގެ ސައުންޑް ސިސްޓަމާ ގުޅުންހުރި މަސައްކަތްތައް ކުރުމާއި، އެކިއެކި މުނާސަބަތުތަކަށް ސައުންޑް ސެޓްކުރުން.
  • ސްކޫލުގެ އެކިއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި، ވޯންކްޝޮޕާއި، އެސެމްބްލީގަޑީގައި ސައުންޑާއި ޕްރޮޖެކްޓަރ ސެޓަޕް ހެދުން.
  • ސްކޫލު މުވައްޒަފުނަށް ސާރވާ ޑޮމެއިން ކްރިއޭޓްކުރުމާއި، ސްކޫލުގެ މެއިލް ކްރިއޭޓްކުރުމާއި، މިކަމާ ގުޅޭ ޓެކްނިކަލް މަސައްކަތްތައް ކުރުން.
  • ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސާރވާ ޑައުންވިޔަނުދީ ސާރވާއާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މުޙްޔިއްދީން ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީއާ ގުޅުންހުރި ސޮފްޓްވެއަރތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ސޮފްޓްވެއަރ އަޕްގްރޭޑްކުރުން.
  • ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި، ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި، ޙައްލުކުރުން.
  • ސްކޫލުގައި ކިޔަވާދިނުމަށް ގެންގުޅޭ ސްމާޓް ބޯޑާއި، ޑޮކްޓަރ ބޯޑް ބެލެހެއްޓުން.
  • ސްކޫލުގެ ވެބްސައިޓް މެއިންޓެއިންކޮށް، ވެބްސައިޓް އަޕްޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފަށް އެހީތެރިވެދީ، ސްކޫލުގެ ވެބްޕޭޖް އަޕްޑޭޓްކުރުން.
  • ސްކޫލުގެ 'ޖެމްސް' އާއި 'ސެޕް' ފަދަ އޮންލައިން ވިއުގަތައް ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާގެމަތިން ބަލަހައްޓަމުން ދިޔުން.
  • މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 17 މެއި 2015 އާއި 21 މެއި 2015 އާ ދެމެދުގެ ތާރީޚެއްގައި މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:     

  • ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސުކޫލުގެ ވެބްސައިޓުން (www.muhyiddinschool.edu.mv ން) ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް (ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.)
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.        

    ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ:   

މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

 2015 މޭ 17 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢްލޫމާތު ހޯދުމަށް ގުޅާނީ 3390635 ނަންބަރު ފޯނަށެެވެ. 

 17 ރަޖަބު 1436

06 މޭ 2015
ހޯދާ