ދިވެހިރާއްޖެ
| 
 އިޢުލާން ވަޒީފާގެ ފުރުޞަތު:  | 
|||||
| 
 މަޤާމް  | 
 އިމާމު / މުދިމު  | 
||||
| 
 ބޭނުންވާ އަދަދު  | 
 2 (ދޭއް)  | 
 މަޤާމް ނަންބަރު  | 
 234963، 232732  | 
||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ މިސްކިތްތައް.  | 
||||
| 
 މަޤާމުގެ މަސްއޫލިއްޔަތު  | 
 - ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން. - މިސްކިތުގައި ތަރާވީޙު ނަމާދު ކުރުމާއި، ކަށު ނަމާދު ކުރުން. - މިސްކިތު މަސައްކަތު މީހުން ލައްވައި މިސްކިތް ސާފުކުރުވުމާއި، މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިނަމަ އެކަން އަވަށު އޮފީހަށް އެންގުން. - މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން. - މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން.  | 
||||
| 
 އެލަވަންސްތަކާއި ޢިނާޔަތްތައް  | 
 އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާއާއި، މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް "ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާގޮތުގެމަތިން ދެވޭނެއެވެ.  | 
||||
| 
 އިމާމުކަމުގެ މަޤާމުގެ އަސާސީ ޝަރުޠު:  | 
|||||
| 
 މަޤާމުގެ ނަން  | 
 ރޭންކް  | 
 ކްލެސިފިކޭޝަން  | 
 މުސާރަ/ އެލަވަންސް  | 
 ޝަރުޠު  | 
|
| 
 އިމާމު  | 
 ޖީ. އެސް. 3  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މުސާރަ: -/4،465 ރުފިޔާ ސަރވިސް އެލަވަންސް: -/1،500 ރުފިޔާ  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ - ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 އިމާމު  | 
 ޖީ. އެސް. 4  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
 މުސާރަ: -/5،020 ރުފިޔާ ސަރވިސް އެލަވަންސް: -/1،500 ރުފިޔާ  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރއްވާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 އިމާމު  | 
 އެމް.އެސް. 1  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މުސާރަ: -/5،610 ރުފިޔާ ސަރވިސް އެލަވަންސް: -/2،000 ރުފިޔާ  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 އިމާމު  | 
 އެމް.އެސް 2  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
 މުސާރަ: -/6،295 ރުފިޔާ ސަރވިސް އެލަވަންސް: -/2،000 ރުފިޔާ  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 އިސް އިމާމު  | 
 އެމް.އެސް 3  | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މުސާރަ: -/7،035 ރުފިޔާ ސަރވިސް އެލަވަންސް: -/2،000 ރުފިޔާ  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިމާމުކަމުގެ މަޤާމުގެ އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 މުދިމުކަމުގެ މަޤާމުގެ އަސާސީ ޝަރުޠު (މަތީގައިވާ އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ)  | 
|||||
| 
 މަޤާމުގެ ނަން  | 
 ރޭންކް  | 
 ކްލެސިފިކޭޝަން  | 
 މުސާރަ/ އެލަވަންސް  | 
 ޝަރުޠު  | 
|
| 
 މުދިމު  | 
 ޖީ. އެސް. 1  | 
 އެސިސްޓެންޓް އޮފިސަރ ގްރޭޑް 1  | 
 މުސާރަ: -/3،565 ރުފިޔާ ސަރވިސް އެލަވަންސް: -/1،500 ރުފިޔާ  | 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު - އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛ - ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:  | 
 1. ލިބިފައިވާ ތަޢުލީމާއި ތަމްރީން 2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން  | 
||||
| 
 އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚު:  | 
 އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑިއިރުގެ ކުރިން (ބަންދު ދުވަސް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.  | 
||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
  | 
  | 
||||
| 
 ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:  | 
 ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ: 1. ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން.  | 
||||
| 
 ސުންގަޑި:  | 
 2015 މޭ 18 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް.  | 
||||
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ އިދާރާގެ 6885003 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
||||
| 
 15 ރަޖަބު 1436  | 
|||||
