|
މަޤާމް:
|
އިސް އިމާމު/ އިމާމު/ މުދިމު (ކޮންޓްރެކްޓް)
|
|
އަތޮޅާއި ރަށް:
|
މާލެއަތޮޅު ހުރާ
|
|
މަޤާމުގެ އަދަދު:
|
1 (އެކެއް)
|
|
މަސައްކަތްކުރާ ތަން:
|
ހުރާގެ މިސްކިތްތައް
|
|
މުއްދަތު:
|
1 (އެކެއް) އަހަރުދުވަސް
|
|
މުސާރަ:
|
މުދިމު (ޖީ..އެސް. 1) 3565.00 ރުފިޔާ
އިމާމު(ޖީ. އެސް. 3) 4465.00 ރުފިޔާ
އިމާމު (ޖީ. އެސް. 4) 5020.00 ރުފިޔާ
އިމާމު (އެމް. އެސް. 1) 5610.00 ރުފިޔާ
އިމާމު (އެމް. އެސް. 2) 6295.00 ރުފިޔާ
އިސް އިމާމު (އެމް. އެސް. 3) 7035.00 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މުދިމު (ޖީ. އެސް. 1) 1500.00 ރުފިޔާ
އިމާމު (ޖީ. އެސް. 3) 1500.00 ރުފިޔާ
އިމާމު (ޖީ. އެސް. 4) 1500.00 ރުފިޔާ
އިމާމު (އެމް. އެސް. 1) 2000.00 ރުފިޔާ
އިމާމު (އެމް. އެސް. 2) 2000.00 ރުފިޔާ
އިސް އިމާމު (އެމް. އެސް. 3) 2000.00 ރުފިޔާ
|
|
މުދިމު ނުވަތަ އިމާމުގެ ރޭންކާއި ކްލެސިފިކޭޝަން:
|
މުދިމު: ޖީ. އެސް. 1 (އެސިސްޓެންޓް އޮފިސަރ ގްރޭޑް 1)
އިމާމު: ޖީ. އެސް. 3 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1)
އިމާމު: ޖީ. އެސް. 4 (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)
އިމާމު: އެމް. އެސް. 1 (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)
އިމާމު: އެމް. އެސް. 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)
އިސް އިމާމު: އެމް. އެސް. 3 (ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1)
|
|
ސެކްޝަން:
|
ހުރާ ކައުންސިލް އިދާރާ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް
|
|
އެހެނިހެން އެލަވަންސް:
|
ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފަރުޟު ފަސްނަމާދުންކުރެ ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން، ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަކަށްގޮސް، މިސްކިތުގެ ކަންތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލްގެ އިދާރާއަށް އަންގައިގެން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
- ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި، ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.
- ތަރާވީޙު ނަމާދާއި، ކަށުނަމާދު އިމާމުވެ މިސްކިތުގައި ކުރުން.
- މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން.
- މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތު އިމާމު މިސްކިތްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެންދަމުން، ބޮކި، ހޮޅިބުރި، ފަންކާ ފަދަ ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.
- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
- މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައިމ އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
- ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
|
މަޤާމުގެ ފެންވަރު ނުވަތަ ޝަރުތުތައް:
|
މުދިމު: ޖީ. އެސް. 1
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
- ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.
އިމާމު: ޖީ. އެސް. 3
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިމާމު: ޖީ. އެސް. 4
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުކަމުގެ މަޤާމުގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރައްވާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިމާމު: އެމް. އެސް. 1
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުކަމުގައި ޖީ. އެސް. 4 ގެ ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިމާމު: އެމް. އެސް. 2
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އިސް އިމާމު: އެމް. އެސް. 3
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިމާމުކަމުގެ މަޤާމުގެ އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު
|
2015 މޭ 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ.
|
|
އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލް ބޭއްވޭނެ ތަާރީޚާއި، ތަން
|
އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ، 2015 މެއި 20 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.
|
|
މި މަޤާަމަށް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން
|
- މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި، ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.
- މި ވަޒީފާއަކީ 1 އަހރު ދުވަހުގެ އެއްބަސްވުމެއްގެދަށުން ދެވޭ ވަޒީފާއަކަށްވާތީ، 55 އަހަރުންމަތީގެ ފަރާތްތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި
|
- ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
- އައިޑީ ކާޑުގެ ކޮޕީ (ކިޔަން އެނގޭ)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކޮށްފައިވާ ކޮޕީ (އަސްލާއެކު)
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
- ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢްތިރާޒެއް ނެތްކަމުގެ ލިޔުން.
|
| އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6640074 ފޯނަށް ނުވަތަ 7752778 ފޯނަށެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|