ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ 16 ވަނަ ބިޑް ކޮމެޓީ ޖަލްސާގެ ނިންމުން އާއްމުކުރުން

 

އިޢުލާން

ތާރީޚް: 18 މެއި 2024

ނަންބަރ: (IUL)327-A/327/2024/140

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 16 މެއި ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 16 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)      ނައިފަރު ކައުންސިލަށް 500 ޕްލާސްޓިކު ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/89 އިޢުލާނާއި ގުޅިގެން މި ކައުންސިލަށް ހޯދަން ބޭނުންވާ ގޮނޑީގެ އަދަދު އިތުރު ކުރުމަށާއި ގޮނޑީގެ ސުޕެސިފިކޭޝަން ބަދަލުކުރުމަށް ބޭނުންވާތީވެ، ބީލަން ބާތިލް ކުރުމަށްފަހު މި ބަދަލު ތަކާއި އެކު އަލުން އިޢުލާން ކުރުމަށް ފެންނަކަމަށް.

2)      ނައިފަރު ކައުންސިލަށް ސިޒަރ ލިފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/103 އިޢުލާނާއި ގުޅިގެން މި ބީލަމަށް ޝަރުތުހަމަވާ ދެފަރާތުން ތެރެއިން އިވެލުއޭޝަންއިން އެންމެ މަތިން މާރކްސް ލިބިފައިވާ މެއިޓަސް ޓްރޭޑިންގ ޕވޓ ލޓޑ އަށް ބީލަން އެވަރޑްކުރަން ފެންނަކަމަށް.

 

 ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 މޭ 2024
ހޯދާ