| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | އިމާމުގެ ނާއިބު | 
| އަދަދު: | 01 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާލިބިފައިވުން.ޙައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ކަނޑައެޅޭ ތާވަލާއި އެއްގޮތަށް މުޢުތަމިރުންނަށް ދީނީ ދަރުސް ދިނުން.ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.ޢުމްރާގެ އަޅުކަމާގުޅޭ އެންމެހާ ކަންކަމުގައި ޖަމާޢަތުގެ އިމާމާ އެކު އިސްދައުރެއް އަދާކުރުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން. | 
| މަޤާމު: | އެހީތެރިޔާ (އަންހެން) | 
| އަދަދު: | 02 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
އަޅުކަމުގެ ކަންކަމުގައި އަންހެން މުޢުތަމިރުންނާއެކު ހަރަކާތްތެރިވުން.އެހީތެރިކަން ބޭނުންވާ އަންހެން މުޢުތަމިރުން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.މިވަޒީފާއަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކާއި، އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | 
| މަޤާމު: | ވެއިޓަރުން | 
| އަދަދު: | 03 | 
| ފެންވަރު ނުވަތަ ޝަރުޠު | 
ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ގަޑިން ގަޑިއަށް ކާންހެދުމާއި ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.ކެއްކުމުގެ އެންމެހާ ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.ކައި ނިމުމުން ތަށިތައް ނަގާ ދޮވެ ސާފުކުރުމުގައި ބައިވެރިވުން. | 
| މަޤާމު: | ބަދިގޭ އެހީތެރިޔާ | 
| އަދަދު: | 02 | 
| ފެންވަރު ނުވަތަ ޝަރުޠު: | 
ބަދިގޭގެ މަސައްކަތްތަކުގައި އުޅެ ތަޖުރިބާ ލިބިފައިވުން. 
ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން. | 
| މަސްއޫލިއްޔަތު: | 
ކައިނިމުމުން ތަށިތައް ނެގުމާއި ދޮވެ ސާފުކުރުން.ކެއްކުމާއި ކާން ހެދުމުގެ އެންމެހާ ކަމެއްގައި ބައިވެރިވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް. | 
| ސުން ގަޑި: | 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | 
މަޤާމުތަކަށް މީހުން ހޮވުމުގައި ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.މި މަޤާމުތަކަށް ކުރިން އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށައަޅުވާކަށް ނުޖެހޭނެއެވެ. 
 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ. | 
| ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ: މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އަމީނީމަގު، 20379 މާލެ، ދިވެހިރާއްޖެ |