| ވަޒީފާގެ ފުރުޞަތު | 
| މަޤާމު: | ހެޑް އޮފް ސިވިކް އެފެއާރޒް | 
| ބޭނުންވާ އަދަދު: | 01 (އެކެއް) | 
| މުސާރައާއި އިނާޔަތްތައް | 27,600 - 21,815   ރުފިޔާއާ ދެމެދު | 
| ފެންވަރުނުވަތަ ޝަރުތު: | 
މަޤާމާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން. އަދި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން. | 
| މަސްއޫލިއްޔަތު: | 
ކުންފުނީގެ ޚިދުމަތްތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ޕްލޭންކުރުމާއި އެކު ރާވާ ހިންގުން.ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި ގުޅޭ ތަފާތު މީޑިއާ ޕްރޮގްރާމް ރާވާ ހިންގުން.ޕްރޮގްރާމްތައް ރާވާ ހިންގުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ހުށަހެޅުން.ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ކާމިޔާބީ ބެލުމަށް ރިޕޯޓް ތައްޔާރުކުރުމާއި ، ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.ކުންފުނީގެ ބިޒްނަސް ޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. | 
| މަސައްކަތުގެ ވަގުތު: | މި ކުންފުނީގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް) | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއަދާކުރައްވާފައިވާ ވަޒީފާތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ | 
| ސުން ގަޑި: | ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 16 މޭ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ. |