| 
 2024 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނަށް މާކަރުންނާއި ކްލެރިކަލް މުވައްޒަފުން ހޯދުމަށް ކުރި މި ޑިޕާޓްމަންޓްގެ ނަންބަރު: (IUL)120-C/1/2024/17،) 18 މާރިޗު 2024) ގެ އިޢުލާނާއި ކްލެރިކަލް މުވައްޒަފުން ހޯދުމަށް ކުރި ނަންބަރ: (IUL)120-C/1/2024/22،)(03 އޭޕްރީލް 2024) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކްލެރިކަލް މުވައްޒަފުން ލިބިފައި ނުވާތީ، ކްލެރިކަލް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ކުރީގެ އިޢުލާނަށް އިޖާބަދެއްވައި ފޯމު ހުށަހެޅުއްވި ފަރާތްތަކުން މި އިޢުލާނަށް ފޯމު ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. 
 | 
| 
 ޝަރުޠު: 
 | 
   
-  މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން
 
- ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.
 
 
 ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 
 | 
| 
 މަސްޢޫލިއްޔަތު:  
 | 
  2024 ވަނަ އަހަރު އެޕްރީލްމަހުގައި ބޭއްވުނު ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރުގެ ލަފަޔާ އިރުޝާދުގެ ދަށުން އިދާރީ އެންމެހާ މަސައްކަތް ކުރުން 
 | 
| 
 މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: 
 | 
- މާކިންގ:
 
 
  11 މެއި 2024 އިން 23 މެއި 2024 އަށް (08:30 އިން 18:00 އަށް)
  
 | 
| 
 އުޖޫރަ: 
 | 
- މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ )
 
- ކުލްރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
 
- ވަނަވަރު (ސީ.ވީ)
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
 
- ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން
 
  | 
| 
 ސުންގަޑި:  
 | 
  2024 މެއި 12 އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން  
 | 
| 
 އެދެންވީ ގޮތް:  
 | 
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަންޖެހޭ ހުރިހާ ޑޮއިކުމަންޓްތަކެއް 01 ފައިލް އަކަށްވާ ގޮތަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލު ނަމުގައި ފޯމުހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން ލިޔުއްވުމަށް ދަންނަވަމެވެ.
 
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު ފޮނުއްވާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
 
- މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
 
- އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
 
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
 
 
 |